logoEN
cocacola
ގުޅިފަޅާއި ގިރާވަރު ފަޅު އިތުރަށް ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

ގުޅިފަޅާއި ގިރާވަރު ފަޅު އިތުރަށް ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

އަލްފާ އަލީ

logo

4/18/2024, 7:07:51 PM

# ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫޢު# ގިރާވަރު ފަޅު# އެމްޓީސީސީ

---

ކ.ގުޅިފަޅު އަދި ކ.ގިރާވަރު ފަޅަށް ތައްޔާރުކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް އެ ދެ ފަޅު ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމާ ގުޅޭ ޓެކްނިކަލް ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ގޮސިޔާ

މި މަސައްކަތުގެ އެއްބަސްުވުމުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާޙިމް ޠަޢާމް މުޙައްމަދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަބްދުﷲ ޒިޔާދުއެވެ.

މި އެއްބަސްވުމުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔާތްކުރުމުގެ ޓެކްނިކަލް ޕްރޮޕޯސަލް ތައްޔާރުކުރުމާއި މަޝްރޫޢުއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެމްޓީސީސިއާއި ހަވާލުކޮށްފައިވަނީ 5 މަސްދުވަހުން ނިންމާގޮތަށެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ގުޅިފަޅު ހިއްކަން ނިންމާފައިވަނީ 150 ހެކްޓަރުގެ ސަރަހައްދެކެވެ. އަދި ގިރާވަރު ފަޅުން ހިއްކަން ނިންމާފައި އޮތީ 160 ހެކްޓަރެވެ. ނަމަވެސް ގުޅިފަޅު އަދި ގިރާވަރު ފަޅުން ހިއްކެން އޮތް އެންމެ ބޮޑު މިންވަރަކަށް ހިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

އެގޮތުން ގުޅިފަޅަށް އިތުރު 85 ހެކްޓަރު އަދި ގިރާވަރު ފަޅުން އިތުރު 50 ހެކްޓަރުގެ ބިން ހިއްކަން ރައީސް ވަނީ ނިންމަވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ