logoEN
cocacola
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް!

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް!

އަހުމަދު ޝުރާއު

logo

4/18/2024, 9:11:26 AM

# ސިފައިން

ވައިސް ޗީފް އޮފް ޑިފެންސް އާއި ޑިފެންސް މިނިސްޓަރ

ދިވެހި އަސްކަރިއްޔާގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ގޮސިޔާ

ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) އިން ސިފައިންގެ އެންމެމަތީ ވެރިޔާއަށް ލިބިދޭ ބާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، މިއަދު ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަނުކުރެއްވީ މއ. ސެކަންޑްޕްލޭސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އެވެ.

ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އެ މަޤާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު، އޮނަރަބަލް މުޙައްމަދު ޣައްސާން މައުމޫން އެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއަރ ޖެނެރަލް އިޔާޡް އައްޔަނުކުރައްވާފައިމިވަނީ ކުރިން އެމަގާމުގައި ހުންނެވި މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ޗީފް އޮފް ޑިފެންސްގެ މަގާމަށް އައްޔަނުކުރެއްވުމާއި ގުޅިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ