
--
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން، ކުޅުުދުއްފުށި ސިޓީ އެމްއެންޔޫ ކެމްޕަހުގައި ހިންގަމުންދާ ވެލްޑިންގ އެންޑް އިންޖިނިއަރިންގ ކޯހުގެ ދަރިވަރުންނަށް ފަޔަރ އެވެއާނަސް ކުލާހެއް ބާއްވައިފިއެވެ.

އިއްޔެ ހަވީރު ކުރިއަށްގެންދިޔަ މި ކުލާހުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތުގެ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ.
އަދި މި ކުލާހުގައި ޢަމަލީ ގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ އުނގަންނައި ދެވިފައެވެ.
ކުޅުުދުއްފުށި ސިޓީ އެމްއެންޔޫ ކެމްޕަހުގައި ހިންގަމުންދާ ވެލްޑިންގ އެންޑް އިންޖިނިއަރިންގ ކޯހުގެ 7 ދަރިވަރަކު ބައިވެރިވި މި ކުލާސް ނަގައިދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ސިޓީ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ.
ގުޅުންހުރި

ތޮއްޑޫގައި ވާ މަދުކުރުމަށް ސިފައިން ބަޑިޖަހަނީ

ސަފާރީއަކުން ކަނޑަަށް ވެއްޓުނު ދިވެއްސަކު ހޯދަނީ

ހައުސިންގ މިނިސްޓްރީ އަނދާ އަޅިއަށް: ލިޔެކިޔުންތަކާއި އެހެނިހެން ތަކެތި ސަލާމަތްކުރުމަށް މަސައްކަތްކުރަނީ
