.jpg&w=3840&q=75)
--
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ލ.މާމެންދޫ ސްކޫލުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ފަސްޓް އެއިޑް ސެޝަނެއް ނަގައިދީފިއެވެ.

ޖުލައި 6 ވަނަ ދުވަހު ލ.މާމެންދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ ފަސްޓް އެއިޑް ސެޝަންގައި ބޭސިކް ފަސްޓް އެއިޑް އާއި ސީޕީއާރުގެ ބައިތައް ވަނީ ކިޔަވައިދީފައެވެ.
އަދި ކިޔަވައިދެވުނު ބައިތައް ބައިވެރިން ވަނީ އަމަލީގޮތުން ފަރިތަކޮށްފައެވެ. މި ސެޝަންގައި އެ ސްކޫލު 43 މުދައްރިސުން ވަނީ ބައިވެރިވެފައެވެ.
މި ސެޝަން ކުރިއަށް ގެންގޮސްދީފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންނެވެ.
ގުޅުންހުރި

އެކްސަސައިޒް ޕްރަގާޓީ 2026ގައި 30 ސިފައިންނާއި 2 އޮފިސަރަކު ބައިވެރިވެއްޖެ

ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން ހާލު ދެރަވި ސިފައިންގެ ޑައިވަރު ނިޔާވެއްޖެ

ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ ނުރައްކާތެރި އޮޕަރޭޝަންގައި ހަރަކާތްތެރިވި ސިފައިންގެ ޑައިވަރަކު ހާލު ދެރަވެގެން މާލެ ގެނެސްފި




