%20(1)%20(1)%20(1).webp&w=3840&q=75)
--
މިރޭ ހުޅުމާލޭގައި ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ, އަޟްހާ ޢީދު ދުވަހުގެ މުނާސަބަތުގައި ހުޅުމާލެ، ސެންޓްރަލް ޕާކުގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި މިރޭ ހަވާ އެރުވުމަށް ނިންމާފައިވަނީ މިރޭ 21:00 ގައެވެ. އަދި 5 މިނެޓެއްހާ އިރަށް ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ރާއްޖޭގައި އެކި ހަފްލާތަކާއި މުނާސަބަތުތަކުގައި ހަވާ އަރުވަނީ ވިޔަފާރީގެ އުސޫލުން ސިފައިންގެ ވެލްފެއަރ ގްރޫޕް ސިފްކޯ އިންނެެވެ.
ރާއްޖޭގައި އަޟްހާ އީދު ފާހަގަކުރުމަށް ގިނަ ރަށްތަކެއްގައި ހަވާއެރުވުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި އަޟްހާ އީދާއި ގުޅިގެން މާލެ ސަރަހައްދުގައި ގިނަ ސަގާފީ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާއިރު އެންމެ ގިނަ ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ ހުޅުމާލޭގައި އެވެ.
ގުޅުންހުރި

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ގޯތިތަކުގެ ގުރުއަތު ނަގައިފި

ހުޅުމާލެ ފޭސް 3 އިން ދޫކުރި ގޯތިތަކުގެ ގުރުއަތުލުން މާދަމާ!

ހުޅުމާލެ ފިޔަވަތީގެ މުވައްޒަފުންނަށް އިވެކުއޭޝަންގެ ތަމްރީނެއް ކުރިއަށް ގެންގޮސްފި





