logoEN
cocacola
ދިއްގަރުގައި 75 ހައުސިންގ ޔުނިޓު އެޅުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި

ދިއްގަރުގައި 75 ހައުސިންގ ޔުނިޓު އެޅުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

4/18/2024, 8:19:31 AM

# އެމްޓީސީސީ

ދިއްފަރު ހައުސިންގ ޔުނިޓް މަޝްރޫއުގައި ސޮއިކުރުން

މ ދިއްގަރުގައި ހައުސިންގ ޔުނިޓުތައް އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރެކްޓިންގ ކޮމްޕެނީ, އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

ގޮސިޔާ

މ. ދިއްގަރުގައި ހައުސިން ޔުނިޓްތަކެއް އިމާރާތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް ޢަބްދުالله ޒިޔާދެެވެ. އަދި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑެވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ ޒީނިޔާ ހަމީދެވެ.

އެމްޓީސީސީއިން ބުނީ މި މަޝްރޫޢުގެ ދަށުން, 1000 އަކަފޫޓުގެ ސަރަޙައްދެއްގައި 3 ފަންގިފިލާގެ 75 ފްލެޓް އިމާރާތް ކުރެވިގެން ދާނެ ކަމަށެވެ. އެގޮތުން މިއީ 3 ކޮޓަރީގެ ހައުސިންގ ޔުނިޓް ތަކެއްކަން އެމްޓީސީސީއިން ވަނީ ފާހަގަކޮށްފި އެވެ.

މި މަޝްރޫއަކީ ސަރުކާރުގެ 2024 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫއުއެއްގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫޢަކީ 117.97 މިލިއަން ރުފިޔާއަށް 420 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

1460 މީހުންގެ އާބާދީއެއް އޮންނަ ދިއްގަރު ރައްޔިތުން ޢާއްމުގޮތެއްގައި އާމްދަނީ ހޯދަން ހަރަކާތްތެރިވަނީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައެވެ. އަދ،ި ކޮންސްޓްރަކްޝަން މަސައްކަތުގައި ހަރަކާތްތެރިވާ ރައްޔިތުންވެސް މަދެއް ނޫނެވެ. ޒަމާނުއްސުރެ ގެދޮރުގެ ދަތިކަން ދިމާވެފައިވާ ދިއްގަރު ރައްޔިތުންނަށް މިރޭ މި ސޮއިކުރެވުނު މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ