logoEN
Sto top
ރައުހަތު ސްޕޯޓްސްއާއި ކާއްޑޭ އެކެޑަމީގެ އެތްލެޓިކްސް ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް

ރައުހަތު ސްޕޯޓްސްއާއި ކާއްޑޭ އެކެޑަމީގެ އެތްލެޓިކްސް ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް

Admin

logo

2/28/2021, 5:27:52 PM

# ކުޅިވަރު# ކާއްޑޭ އެކެޑަމީ# އެތްލެޓިކްސް# ރައުހަތް ސްޕޯޓްސް# ކޯޗުން

155296959_3579080282218176_2204479158750211442_n

ކާއްޑޭ އެކަޑަމީއާއި ރައުހަތު ސްޕޯޓްސް ގުޅިގެން އެތްލެޓިކްސް ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

Wamco

އެވިޑް ކޮލެޖުގެ އެހީތެރިކަމާއެކު ތިނަދޫގައި ދިގު މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ހޯނޑެއްދުއާއި ތިނަދޫން އެތްލެޓިކްސްއަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން ބައިވެރިވެއެވެ. ރައުހަތު ސްޕޯޓްސްއިން މައުލޫމާތު ދޭ ގޮތުގައި އިއްޔެ ފެށި އެ ޕްރޮގްރާމުގެ ތިއަރީ ކްލާސްތައް ކުރިއަށް ގެންދަނީ އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުގައެވެ. އަދި ޕްރެކްޓިކަލް ސެޝަންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތިނަދޫ ސްޓޭޑިއަމްގައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ހުކުރު ހޮނިހިރު ދެދުވަހު އެވެ. އެގޮތުން މުޅި ޕްރޮގްރާމުގެ މުއްދަތަކީ ތިން މަސް ދުވަސް ކަމަށްވެސް ރައުހަތު ސްޕޯޓްސް އިން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ މޯލްޑިވްސް އެތްލެޓިކްސް އެސޯސިއޭޝަންގެ ތިނަދޫ ރީޖަންގެ ނޭޝަނަލް އެތްލެޓިކްސް ކޯޗު, އަދި ރައުހަތް ސްޕޯޓްސްގެ ފައުންޑަރ, ރައުހަތު ޤުދުރަތުالله އެވެ.

ރައުހަތް ސްޕޯޓްސް ކްލަބަކީ ރާއްޖޭގެ އެތްލެޓިކްސްގައި ނަން މަޝްހޫރު އަދި ކާމިޔާބު ކްލަބެކެވެ. އަދިރައުހަތު ސްޕޯޓްސް އިން އަންނަނީ ހުވަދު އަތޮޅުގައި ފުޅާ ދާއިރާއެއްގައި އެތްލެޓިކްސް ދާއިރާއިން ދަރިވަރުން ތަމްރީން ކުރަމުންނެވެ.

ކާއްޑޭ އެކެޑަމީއަކީ ގދ. ހޯޑެއްދޫއަށް ނިސްބަތްވާ ކްލަބެކެވެ. އެ ކްލަބުގެ މަގްސަދަކީ ހޯނޑެއްދޫގެ އިން އަޙްލާގު ރަނގަޅު ކުޅުންތެރިންތަކެއް ބިނާކޮށް އެ ކުޅުންތެރިން ރަށު ފެންވަރުގައާއި އަތޮޅު އަދި ގަޢުމީ ފެންވަރުގައި ވާދަކުރެވޭނެ ކުޅުންތެރިންތަކަކަށް ހަދައި އެރަށުގައި ކުރިމަގު އުޖާލާ ކުރާނެ ޒުވާން ޖީލެއް ބިނާ ކުރުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside