logoEN
cocacola
މަޖިލިސް24: 287،462 ވޯޓު ކަރުދާސް ޗާޕުކޮށްފި

މަޖިލިސް24: 287،462 ވޯޓު ކަރުދާސް ޗާޕުކޮށްފި

އަހުމަދު ޝުރާއު

logo

4/17/2024, 9:36:24 AM

# މަޖިލިސް 24

މީގެ ކުރިން ރާއްޖޭގައި ބޭއްވި އިންތިހާބެއްގެ ތެރެއިން

އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް 287،462 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ގޮސިޔާ

އީސީއިން ބުނީ ވޯޓު ކަރުދާސްތައް ޗާޕުކޮށްފައި ވަނީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ.

މަޖިލިސް އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ 145،302 ފިރިހެނުންނާއި، 139،361 އަންހެނުންނެވެ.

އަންނަ އާދީއްތަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު އީސީއިން މިހާރު ވަނީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މިއަދު ވޯޓުލާ މަރުކަޒަށް ބޭނުންވާތަކެތި ފޮނުވުމަށް ހަމަޖެހިފައި ވަނީ ށ، ނ، ރ، ބ އަދި ޅ އަތޮޅަށް ކަމަށް އީސީއިން ބުނެއެވެ. މީގެއިތުރުން އީސީ އިން އިއްޔެ ވަނީ 12 އަތޮޅެއްގެ ވެރިކަން ކުރާ ރަށަށް ތަކެތި ފޮނުވާފައެވެ. އީސީ އިން ބުނީ އއ. އދ. ވ. މ. ފ. އަދި ދ އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވުން ކުރިއަށް ދަނީ ކަނޑުމަގުންކަމަށެވެ. އަދި ތ. ލ. ގއ. ގދ. ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ތަކެތި ފޮނުވުމުގެ މަސައްކަތް ވައިގެ މަގުން ފަށާފައިވާކަމަށް އީސީ އިން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން ބުނެއެވެ.

މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ. އިންތިބުގައި ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިގެންވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ