logoEN
cocacola
 ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފަށައިފި

ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފަށައިފި

އަލްފާ އަލީ

logo

3/30/2024, 11:20:21 AM

# އިލެކްޝަންސް ކޮމިޝަން# މަޖިލިސް 24

-

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ދާއިމީ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުންނާއި މަންދޫބުން ސޮއިކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ގޮސިޔާ

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ދާއިމީ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތް މިއަދާއި މާދަމާ ކުރިއަށްދާނެ އެވެ.

ހޮނިހިރު އަދި އާދީއްތަ ދުވަހު ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަދި ރޭގަނޑު 09:00 އިން 12:00 ގެ ނިޔަލަށް ސޮއިކުރުން ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި ސޮއިކުރުން ކުރިއަށް ގެންދަނީ އިންތިހާބާ ބެހޭ މައި މަރުކަޒު ދަރުބާރުގޭގައެވެ.

އޭޕްރިލް 21ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މި އިންތިހާބުގައި ވޯޓުލިމުގެ ހައްގު ލިބިފައިވާ މީޙުންގެދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވަނީ، މި މަހުގެ 25ވަނަ ދުވަހު އެވެ. މި އިންތިހާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ