logoEN
cocacola
 މަޖިލިސް24:  ވޯޓްލާ ވަގުތު 17:30 އާ ހަމައަށް އިތުުރުކޮށްފި

މަޖިލިސް24: ވޯޓްލާ ވަގުތު 17:30 އާ ހަމައަށް އިތުުރުކޮށްފި

އަހުމަދު ޝުރާއު

logo

4/17/2024, 9:22:58 AM

# މަޖިލިސް24

މީގެ ކުރިން ރާއްޖޭގައި ބޭއްވި އިންތިހާބެއް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ ވަގުތު އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

ގޮސިޔާ

އީސީއިން ކުރިން ނިންމާފައި އޮތީ ވޯޓުލާ ވަގުތަކީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ. ނަމަވެސް މިއަދު ވަނީ އެވަގުތު 5:30 އާއި ހަމައަށް އިތުރުކޮށްފައި އެވެ.

އީސީން މި ނިންމުން ނިންމާފައި ވަނީ ގައުމީ ލަފާދޭ ކޮމިޓީން އިއްޔެ ދިން ލަފައާ ގުޅިގެންނެވެ. ވޯޓުލާ މުއްދަތު އިތުރުކޮށްފައި ވަނީ މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ވޯޓުލާން އިތުރު ފުރުސަތު ދިނުމުގެ ގޮތުންނެވެ. އެގޮތުން ވޯޓުލާ ވަގުތު އިތުރުނުކޮށް، އާދިއްތަ ދުވަހު ވިއްސާރަ ދުވަހަކަށްވެއްޖެނަމަ ވޯޓުލާންދާ މީހުންގެ އަދަދު ދަށް ވެދާނެކަމުގެ ވެސް ލަފާދޭ ކޮމިޓީގެ ބައެއް މެންބަރުން ވަނީ ފާހަގަކޮށްފައެވެ. އަދި ހޫނުގަދަވެއްޖެނަމަ މެންދުރު ވޯޓުލާންދާ މީހުންގެ އަދަދު މަދުވެދާނެ ކަމަށް ވެސް އެ ކޮމިޓީއިން ވަނީ ލަފާކޮށްފައެވެ.

އީސީ ބުނީ ވޯޓުލާ ވަގުތު މި ވަގުތައް ވުރެ އިތުރު ނުކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން ބުނިއެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ. އިންތިބުގައި ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިގެންވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 287،462 ވޯޓު ކަރުދާސް ޗާޕުކޮށްފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ