logoEN
cocacola
ތިނަދޫ ސިޓީ ކައުންސިލްގެ މެންބަރުން ހުވާކުރައްވައިފި

ތިނަދޫ ސިޓީ ކައުންސިލްގެ މެންބަރުން ހުވާކުރައްވައިފި

އަހުމަދު ޝުރާއު

logo

4/17/2024, 8:37:50 AM

# ތިނަދޫ ސިޓީ ކައުންސިލް

ތިނަދޫ ސިޓީ ކައުންސިލްގެ މެމްބަރުން

ހުވަދު އަތޮޅުގެ ފުރަތަމަ ސިޓީ, ތިނަދޫ ސިޓީގެ ސިޓީ ކައުންސިލްގެ މެމްބަރުން ހުވާކުރައްވައިފި އެވެ.

ގޮސިޔާ

ތިނަދޫ ސިޓީ ކައުންސިލްގެ މެމްބަރުންގެ ގޮތުގައި ތިބީ ތިނަދޫ އަށް ސިޓީގެ ދަރަޖަ ލިބުމުގެ ކުރިން ތިނަދޫ ކައުންސިލްގައި ތިއްބެވި މެމްބަރުންނެވެ. އެގޮތުން ތިނަދޫ ރަށު ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުވުމާ ގުޅިގެން އެ ކައުންސިލްގެ މެންބަރުން އައު މަގާމުތަކުގެ ހުވާކުރެއްވުން އޮތީ ރޭ ތިނަދޫ އާބާދީ މަރުކަޒުގައި އެވެރަށު ކައުންސިލްގެ ރައީސާއި ނައިބު އަދި މެންބަރުން ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު އަދި މެންބަރުންގެ ހުވައި ލައިދެއްވީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ނަޝާތަތު ޒަޢީމެވެ.

ސިޓީ ކައުންސިލްގެ މޭޔަރު އަދި މެންބަރުން ވަނީ މަގާމުގެ ހުވާ ކުރެއްވުމަށްފަހު އިގްރާރުގައި ސޮއި ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ތިނަދޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވެސް ވަނީ އައު މަގާމުތަކުގެ އިގުރާރުގައި ސޮއި ކުރައްވާފައެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެވެ. ނަމަވެސް ސިޓީއަކަށް ތިނަދޫ އޭރު ބަދަލުވި ނަމަވެސް ތިނަދޫ ކައުންސިލަށް ސިޓީ ކައުންސިލްގެ ދަރަޖަ ލިބިފައެއް ނުވެއެވެ. މިއާއި އެކު މަޖިލީހުގެ ތެރެއިން ޤާނޫނަށް ގެނައި އިސްލާހާއެކު އެ ރަށު ކައުންސިލް ސިޓީ ކައުންސިލެއްގެ ގޮތުގައި ކަނޑައެޅުއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ރައީސް މުއިއްޒު އެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ދައުރު ހަމަނުވަނީސް ރަށަކަށް ސިޓީއެއްގެ ދަރަޖަ ދީފިނަމަ އެ ރަށު ކައުންސިލެއް ސިޓީ ކައުންސިލަކަށް ބަދަލުވާނެއެވެ. ނަމަވެސް އެ ކައުންސިލް ދެމި އޮންނާނީ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެންކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. މި އިސްލާހާއެކު ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ސައުދު އަލީގެ މަގާމު ވަނީ އެ ސިޓީގެ މޭޔަރަށް ބަދަލުވެފައެވެ. އަދި ނައިބު ރައީސް ނަސްރުﷲ އަލީގެ މަގާމު ވަނީ ޑެޕިއުޓީ މޭޔަރަށް ބަދަލުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ