logoEN
cocacola
ތިން އަތޮޅެއްގައި އާރްޓީއެލް ހިދުމަތާއި މ އަތޮޅުގައި މާލެ އާއި ދެމެދު ހައި ސްޕީޑް ފެރީގެ ޚިދުމަތް ފަށަނީ

ތިން އަތޮޅެއްގައި އާރްޓީއެލް ހިދުމަތާއި މ އަތޮޅުގައި މާލެ އާއި ދެމެދު ހައި ސްޕީޑް ފެރީގެ ޚިދުމަތް ފަށަނީ

އަހުމަދު ޝުރާއު

logo

4/15/2024, 3:29:16 PM

# އެމްޓީސީސީ

އާރްޓީއެލް ހިދުމަތުގެ އެއްބަސްވުމުގައި ސޮއިކުރުން

މުޅި ރާއްޖެ ފެރީގެ ނިޒާމުން ގުޅައިލުމަށް އެމްޓީސީސީން ހިންގާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ނިޒާމު ނ، ރ އަދި ބ އަތޮޅުގައި ފެށުމަށާއި މުލަދު އަތޮޅާއި މާލެ އާއި ދެމެދު ހައި ސްޕީޑް ފެރީ ފެށުމަށް ޓްރާންސްޕޯޓު މިނިސްޓްރީއާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގޮސިޔާ

މި އެއްބަސްވުމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެެއްވީ، ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓު ސެކެޓްރީ މަރްޔަމް ޝަހާނާއެވެ. އަދި, އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

އެމްޓީސީސީއިން ބުނީ މުލަކު އަތޮޅާއި މާލެއާއި ދެމެދު ސްޕީޑް ފެރީގެ ޚިދުމަތް ފެށުމާއި ގުޅިގެންނާއ،ި އާރްޓީއެލް ރަސްމީކޮށް ނ. ރ. އަދި ބ. އަތޮޅުގައި އިފްތިތާޙް ކުރެވުމާއެކު މިއަތޮޅުތަކުގެ ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބ،ި ރައްޔިތުން ރަށު ބަންދުން ވީއްލ،ި ދަތުރުފަތުރުގެ އިންޤިލާބީ އައު ބާބެއް ފެށޭނެ ކަމަށެވެ.

އާރްޓީއެލް ޚިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު ސަރަހައްދުތަކުގައި ޚިދުމަތް ފެށުމަށް ބޭނުންވާ އުޅަނދުތައް ބަނުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ. ހަމައެހެންމެ އެކަމަށް ބޭނުންވާ ތައްޔާރީތައް ދައުލަތުގެ ވުޒާރާތަކާއި ގުޅިގެން ދަނީ ކުރެވެމުންނެވެ.

އެކުންފުނިން ބުނީ އާރްޓީއެލްގެ ފެރީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާއި ތަމްރީންތަށް ދެމުން އަންނަ ކަމަށާއި ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން,އެކުންފުނީގެ މަޤްޞަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވ،ޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށެވެ.

އާރްޓީއެލްގެ ޚިދުމަތަކީ މިހާރު ވެސް ރާއްޖޭގެ ވަކި ސަރަހައްދުތަކެއްގައި ދެމުން އަންނަ ޚިދުމަތެކެވެ. އެގޮތުން ދަތުރުފަތުރުގެ ގޮތުން ރާއްޖެ ގުޅުވާލަން ކުރީ ސަރުކާރުން ފެށި އާރްޓީއެލް ފެރީގެ ޚިދުމަތް މިހާރު ކުރިއަށްގެންދަނީ ހއ. އަތޮޅާއި ހދ، ށ، ޅ، ގއ، ގދ އަތޮޅުގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ