logoEN
cocacola
ކްރިސްޓަލް ޕެލަސް އަތުން ބަލިވެ، ލިވަޕޫލަށް ލީގު ހޯދުމުގެ އަމިއްލަ ބާރު ލިވަޕޫލަށް ގެއްލިޖެ

ކްރިސްޓަލް ޕެލަސް އަތުން ބަލިވެ، ލިވަޕޫލަށް ލީގު ހޯދުމުގެ އަމިއްލަ ބާރު ލިވަޕޫލަށް ގެއްލިޖެ

ހަސަން ޝަމްއޫން

logo

4/14/2024, 3:49:06 PM

# އެޕްރެންޓިސްޝިޕް# ލިވަޕޫލް# ކްރިސްޓިއާނޯ ރޮނާލްޑޯ# ބޭރު ދުނިޔޭގެ ކުޅިވަރު

ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ވާދަކުރި މެޗުގެ ތެރެއިން

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް އަތުން ބަލިވެ، ލީގު ހޯދުމުގެ އަމިއްލަ ބާރު ލިވަޕޫލަށް ގެއްލިއްޖެއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މިމެޗުގައި ކްރިސްޓަލް ޕެލަސް އިން ލީޑު ހޯދީ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރު އެބެރެޗީ އެޒޭ އެވެ. މިއީ އެޓީމުގެ އިގިރޭސި ޑިފެންޑަރު ޓައިރިކް މިޝެލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން މިހާފުގައި ލިވަޕޫލުގެ ސަލާހް އަދި ލުއިސް ޑިއާޒަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުކުރެވި ދިޔައިރު، އެޓީމުގެ ޖަޕާން މިޑްފީލްޑަރު އެންޑޫ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުން ކުރިސްޓަލް ޕެލަސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ކްރިސްޓަލް ޕެލަސްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ނަމަވެސް މިހާފުގައި އެޓީމުގެ އުރުގުއާ ފޯވާޑް ޑާވިން ނުނޭޒުގެ އިތުރުން ލުއިސް ޑިއާޒް އަދި މުހައްމަދު ސަލާހްގެ އިތުރުން މިޑްފީލްޑަރު ކާޓިސް ޖޯންސް އަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުންނުކުރެވި މެޗުގެ ކުޅުން ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކްރިސްޓަލް ޕެލަސް އިން ލީގުގައި ކުޅުނު 32 މެޗުން ލިބުނު 33 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 14 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ލިވަޕޫލުން ލީގުގައި ކުޅުނު 32 މެޗުން 71 ޕޮއިންޓް އެޓީމަށް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ