logoEN
cocacola
އިރާނުން ޔަހޫދީންނަށް ދިން ހަމަލާއަށް މައުމޫނުގެ މަރުހަބާ!

އިރާނުން ޔަހޫދީންނަށް ދިން ހަމަލާއަށް މައުމޫނުގެ މަރުހަބާ!

އަހުމަދު ޝުރާއު

logo

4/14/2024, 12:04:02 PM

# މައުމޫން އަބްދުލްޤައްޔޫމް

ކުރީގެ ރައީސް މައުމޫން

ޔަހޫދީ އިސްރާއިލާއި ދެކޮޅަށް އިރާނުން ރޭ ދިން ހަމަލާތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަރުހަބާ ދަންނަވައިފި އެވެ.

ގޮސިޔާ

މައުމޫން އިރާނުގެ ހަމަލާތަކަށް މަރުހަބާ ދެންނެވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެގޮތުން މައުމޫން ވިދާޅުވީ އިޒްރޭލާއި ދެކޮޅަށް އީރާނުން ރޭ އަމިއްލަ ދިފާއުގައި ދިން ހަމަލާތަކަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ. އަދި ހިތްވަރުގަދަ އީރާނާއި އެހެނިހެން މުސްލިމް ހަނގުރާމަވެރިންނަށް މާތް الله ކާމިޔާބީ މިންވަރު ކުރައްވުން އެދި މައުމޫން ދުއާވެސް ކުރެއްވި އެވެ.

އިރާނުން ރޭ އިސްރާއީލަށް ދިން ހަމަލާވެގެންދިޔައީ މުޅި ދުނިޔެ ސިއްސުވާލި ހަމަލާއަކަށެވެ. އެގޮތުން އިރާނުން ވަނީ ގިނަ އަދަދެއްގެ މިސައިލްއާއި ޑްރޯން ޔަހޫދީ އިސްރާއީލާއި ދިމާލަށް ފޮނުވާލާފައި އެވެ.

View post on Twitter

އީރާނުގެ އަސްކަރިއްޔާގެ ގޮފި, އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން އިސްރާއީލަށް ދިން ހަމަލާއާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޒްރޭލުގެ ވަކި ތަންތަނަށް އެތައް ޑްރޯންއަކާއި މިސައިލަކުން ހަމަލާދީފައިވާ ކަމަށެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ބުނީ މި ހަމަލާ ދީފައިވަނީ ދިމިޝްގުގައި ހުންނަ އީރާނުގެ އެމްބަސީގެ ކޮންސިއުލާ ސެކްޝަނަށް ދިން ހަމަލާގެ އިތުރުން ނުބައި ޒަޔަނިސްޓް ސަރުކާރުގެ ގިނަ ޖަރީމާތަކަކާ ގުޅިގެން ކަމަށެވެ.

މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ބައެއް ސަރަހައްދުކަމަށް ކޮންމެވެސް ވަރެއްގެ ގެއްލުންތައް ލިބިފައިވާ ކަމަށް ހުދު އެގައުމުންވެސް ވަނީ ބުނެފައި އެވެ. އިރާނުގެ ހަމަލާތައް އިސްރާއީލަށް ހުއްޓުވުނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ އެހީތެރިކަމާއި އެކުގައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ