
އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި ރަމަޟާންމަހުގެ އެކެއްވާނީ ހޯމައަށް - މައުމޫން
# މައުމޫން އަބްދުލްޤައްޔޫމްމައުމޫން
މިއަހަރުގެ ރަމަޟާން މަހުގެ އެއް ވަނަ ދުވަހަށް ވަނީ އަންނަ ހޯމަ ދުވަސް ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިއަހަރުގެ ރަމަޟާންމަހުގެ އެކެއްވާނީ މިހިނގާ މާރިޗުމަހުގެ 11ވާ ހޯމަ ދުވަސް ކަމަށެވެ.
މައުމޫން މިފަދައިން ވިދާޅުވި އިރު ކަލަންޑަރު ބުނާ ގޮތުންވެސް މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާރިޗު މަހުގެ 11 ވާ ހޯމަ ދުވަހެވެ.
މިއަހަރުގެ ރަމަޟާން މަހަށް ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ކަން އިސްލާމިކް މިނިސްޓްރީއިން މިއަދު ވަނީ ހާމަކޮށްފައި އެވެ.