logoEN
WAMCO TOP 1
އަންހެނަކު ގެއްލިގެން ހޯދަނީ

އަންހެނަކު ގެއްލިގެން ހޯދަނީ

އައިޝަތު އިފާޝާ

logo

4/14/2024, 4:51:05 AM

# ގެއްލިގެން ހޯދުން

ގެއްލިގެން ހޯދަމުންދާ އަންހެން މީހާ

މާލެއިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

THE TRAVELLER AD

ގެއްލިގެން ހޯދަމުންދަނީ ޖީޒާ އަލީ ނަމަކަށް ކިޔާ އަންހެނެކެވެ. އެމީހާގެ ދަރިފުޅު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އެ އަންހެން މީހާ މިއަދު ހެނދުނު 07:30 އެހާކަންހާއިރު އެމީހުން ދިރިއުޅޭ ގޭގެ ތިރީގައި ހުރި ފިހާރައަކަށް ދިޔަގޮތަށް ގެއަށް ނައިސް ގިނައިރު ވެގެން ބެލިއިރު އެ ސަރަހައްދުން ފެނިފައިނުވެއެވެ.

އެ އަންހެން މީހާ ގެއިން ނުކުތް އިރު ލައިގެން ހުރީ ރީނދޫ ކުލައިގެ ކުރުތާއެއް ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.

އާއިލާއިން ވަނީ ޖީޒާ އަލީ (ފަޒްލާ) ފެނިއްޖެ ނަމަ 9523866 އަށް ގުޅުއްވައިދެއްވުމަށް އެދިފައެވެ.

ކޮމެންޓް
ފަހުގެ
HDC