logoEN
cocacola
އިރާނުން ދިން ހަމަލާއެއްގައި އަސްކަރީ މަރުކަޒަކަށް ގެއްލުންވެއްޖެ - އިސްރާއީލް

އިރާނުން ދިން ހަމަލާއެއްގައި އަސްކަރީ މަރުކަޒަކަށް ގެއްލުންވެއްޖެ - އިސްރާއީލް

އަހުމަދު ޝުރާއު

logo

4/14/2024, 12:11:04 AM

# އިރާން-އިސްރާއިލް

އިރާނުން ދިން ހަމަލާއެއްގައި ޔަހޫދީ އަސްކަރިއްޔާގެ އަސްކަރީ މަރުކަޒަކަށް ގެއްލުންވެއްޖެ ކަމަށް ޔަހޫދީ އަސްކަރިއްޔާއިން ބުނެފި އެވެ.

ގޮސިޔާ

ޔަހޫދީ އިސްރާއީލުގެ ޑިފެންސް ފޯސްއިން ދާދި ދެނެމް އަކު ބުނީ އިރާނުން ދިން ހަމަލާގައި އަސްކަރިއްޔާގެ މަރުކަޒަކަށް ގެއްލުނެ ވެފައިވާ ކަމަށެވެ.

އައިޑީއެފްއިން ބުނީ އީރާނުގެ ޑްރޯން އާއި މިސައިލް ހަމަލާގައި އަންހެން ކުއްޖަކު ޒަހަމްވެފައިވާ ކަމަށެވެ. އަދި އަސްކަރީ މަރުކަޒަކަށް ވެސް ކުދި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ނަމަވެސް ބޭރުގެ ބައެއް ރިޕޯޓުތައް ބުނާގޮތުގައި އަސްކަރީ މަރުކަޒަށް ލިބިފައިވަނީ ބޮޑެތި ގެއްލުންތަކެކެވެ.

އިރާނުން ވަނީ ޔަހޫދީންނާއި ދެކޮޅަށް 200 އަށްވުރެ ގިނަ މިސައިލްއާއި ޑްރޯން ހަމަލާ ފޮނުވާލާފައި އެވެ. މި ހަމަލާތަކުގައި ލިބުނު ގެއްލުންތައް އަދި ބޮޑަށް ހާމަވެފައެއް ނުވެއެވެ.

އީރާނުގެ އަސްކަރިއްޔާގެ ގޮފި, އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން އިސްރާއީލަށް ދިން ހަމަލާއާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޒްރޭލުގެ ވަކި ތަންތަނަށް އެތައް ޑްރޯންއަކާއި މިސައިލަކުން ހަމަލާދީފައިވާ ކަމަށެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ބުނީ މި ހަމަލާ ދީފައިވަނީ ދިމިޝްގުގައި ހުންނަ އީރާނުގެ އެމްބަސީގެ ކޮންސިއުލާ ސެކްޝަނަށް ދިން ހަމަލާގެ އިތުރުން ނުބައި ޒަޔަނިސްޓް ސަރުކާރުގެ ގިނަ ޖަރީމާތަކަކާ ގުޅިގެން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ