logoEN
cocacola
އެމެރިކާ އަބަދުވެސް އޮންނާނީ އިސްރާއީލުގެ ދިފާއުގައި - ބައިޑެން

އެމެރިކާ އަބަދުވެސް އޮންނާނީ އިސްރާއީލުގެ ދިފާއުގައި - ބައިޑެން

އަހުމަދު ޝުރާއު

logo

4/13/2024, 11:28:41 PM

# އިރާން-އިސްރާއިލް

ބައިޑެން ނެޝަނަލް ސެކިއުރިޓީ ކައުންސިލާއި ބައްދަލުކުރެއްވުން

އެމެރިކާއިން އަބަދުވެސް އޮންނާނީ ހަމަލާތަކުން އިސްރާއީލް ދިފާއުކުރުމަށްޓަކައި ތައްޔާރަކަށް ކަމަަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ބައިޑެން މިފަދައިން ވިދާޅުވީ މެދު އިރުމަތީގެ ހާލަތާއި ގުޅޭގޮތުން މިރޭ ކުރިޔަށް ގެންދިޔަ ނެޝަނަލް ސެކިއުރިޓީ ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ބައިޑަން ވިދާޅުވީ އީރާނުން އިސްރާއީލަށް ދެމުން ގެންދާ ހަމަލާތަކުގެ އަޕްޑޭޓެއް ހޯދުމަށް ގައުމީ ސަލާމަތާ ބެހޭ ޓީމާ މިރޭ ބައްދަލުކޮށްފައިވާ ކަމަށާއި އީރާނާއި އެޤައުމުގެ ޕްރޮކްސީތަކުން ކުރިމަތިވާ ނުރައްކާތަކުން އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކުރުމަށް އެމެރިކާ އަބަދުވެސް އޮންނާނެ ކަމަށެވެ.

View post on Twitter

އެމެރިކާއަކީ އިސްރާއީލްގެ އެންމެ ގާތް އެއް ގައުމެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީން ދެމުން އަންނަ ހަމަލާތަކަށްވެސް ހަތިޔާރު ފޯރުކޮށްދެމުން އަންނަނީ އެެމެރިކާއިންނެވެ.

އިރާނުން އިސްރާއީލަށް ހަމަލާދިނީ ރޭ ރާއްޖެ ގަޑިން 01:00 ހާއިރު އެވެ. އީރާނުގެ އަސްކަރިއްޔާގެ ގޮފި, އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން އިސްރާއީލަށް ދިން ހަމަލާއާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޒްރޭލުގެ ވަކި ތަންތަނަށް އެތައް ޑްރޯންއަކާއި މިސައިލަކުން ހަމަލާދީފައިވާ ކަމަށެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ބުނީ މި ހަމަލާ ދީފައިވަނީ ދިމިޝްގުގައި ހުންނަ އީރާނުގެ އެމްބަސީގެ ކޮންސިއުލާ ސެކްޝަނަށް ދިން ހަމަލާގެ އިތުރުން ނުބައި ޒަޔަނިސްޓް ސަރުކާރުގެ ގިނަ ޖަރީމާތަކަކާ ގުޅިގެން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ