logoEN
cocacola
އުރުދުންވެސް އިރާނުގެ ޑްރޯންތަކެއް ހުއްޓުވައިފި

އުރުދުންވެސް އިރާނުގެ ޑްރޯންތަކެއް ހުއްޓުވައިފި

އަހުމަދު ޝުރާއު

logo

4/13/2024, 11:03:24 PM

# އިރާން-އިސްރާއިލް

އުރުދުންގެ ވައިގެ ދިފާއީ ނިޒާމް

ޔަހޫދީ އިސްރާއީލަށް އަމާޒުކޮށް އިރާނުން ފޮނުވާލި ބައެއް ޑްރޯންތައް އުރުދުންގެ އަސްކަރިއްޔާއިން ހުއްޓުވާފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެފި އެެވެ.

ގޮސިޔާ

ސަރަހައްދީ ސަލާމަތީ ދެ ފަރާތަކާއި ހަވާލާދީ ރޮއެޓާސްއިން ބުނީ އުރުދުންގެ ޖެޓްތަކުން އީރާނުގެ އެތައް ޑްރޯންތަކެއް ވައްޓާލާފައިވާ ކަމަށެވެ.

މި ޑްރޯންތައް ހުއްޓުވާފައިވަނީ އުރުދުންގެ އުތުރާއި މެދުތެރޭގެ އެކި ހިސާބުތަކަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މިކަން ރިޕޯޓްކޮށްފައި މިވަނީ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން އިރާގާއި ސީރިއާ ގެ ބޯޑަރު ސަރަހައްދުގެ މަތިން ބައެއް ޑްރޯންތައް ވައްޓާލާފައިވާ ކަމަށް ރިޕޯޓްތައް ފެތުރިފައި ވަނިކޮށެވެ.

އީރާނުގެ އަސްކަރިއްޔާގެ ގޮފި, އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން އިސްރާއީލަށް ދިން ހަމަލާއާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޒްރޭލުގެ ވަކި ތަންތަނަށް އެތައް ޑްރޯންއަކާއި މިސައިލަކުން ހަމަލާދީފައިވާ ކަމަށެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ބުނީ މި ހަމަލާ ދީފައިވަނީ ދިމިޝްގުގައި ހުންނަ އީރާނުގެ އެމްބަސީގެ ކޮންސިއުލާ ސެކްޝަނަށް ދިން ހަމަލާގެ އިތުރުން ނުބައި ޒަޔަނިސްޓް ސަރުކާރުގެ ގިނަ ޖަރީމާތަކަކާ ގުޅިގެން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ