logoEN
cocacola
އިރާނުގެ ހަމަލާތައް އިސްރާއީލަށް ފޯރަން ފަށައިފި, އިސްރާއިލުގެ ބައެއް ސަރަހައްދުތަކުން ބާރުގަދަ ގޮވުމުގެ އަޑުތައް!

އިރާނުގެ ހަމަލާތައް އިސްރާއީލަށް ފޯރަން ފަށައިފި, އިސްރާއިލުގެ ބައެއް ސަރަހައްދުތަކުން ބާރުގަދަ ގޮވުމުގެ އަޑުތައް!

އަހުމަދު ޝުރާއު

logo

4/13/2024, 10:54:40 PM

# އިރާން-އިސްރާއިލް

އިރާނުން ފޮނުވާލި.ބައެއް ޑްރޯންތައް އިސްރާއީލުގެ ވައިގެ ސަރަހައްދުގައި

އިރާނުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކާއި މިސައިލްތައް އިސްރާއީލްގެ އެކި ސަރަހައްދުތަކަށް ފޯރަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ގޮސިޔާ

ސީއެންއެންއާއި ބީބީސީއިން ރިޕޯޓްކުރާ ގޮތުގައި އިރާނުން ފޮނުވާލި ބައެއް ޑްރޯންތައް އިސްރާއީލުން މިހާރު ވަނީ ހުއްޓުވާފައި އެވެ. އަދި އިތުރު ހަމަލާތަކެއްވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި އިސްރާއީލުގެ ވައިގެ ސަރަހައްދަށް ވަންނާނެ ކަމަށް ބެލެވޭ އިރު 5 ސަރަހައްދެއްގައި ވައިގެ ދިފާއީ ނިޒާމުގެ ސައިރެންތައް އަޅަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން އިސްރާއީލުގެ ވެރިރަށާއި އިތުރު ބައެއް ސިޓީތަކުން ބާރުގަދަ ގޮވުމުގެ އަޑުތައް އެވުމުން އަންކަންވެސް އަންނަނީ ބޭރުގެ ބޮޑެތި ބައެއް ނޫސްތަކުން ރިޕޯޓްކުރަމުންނެވެ.

އެގޮތުން އިސްރާއީލުގެ ބާރުގެ ދަށުގައި އޮތް ފަލަސްތީނުގެ ގުދުސްގައި ބާރުގަދަ ގޮވުމުގެ އަޑުތައް އާދަޔާ ހިލާފަށް ގިނަ ކަމެއް ގުދުސްގައި ހަރަކާތްތެރިވާ ބޭރުގެ ނޫސްވެރިން އަންނަނީ ބުނަމުންނެވެ.

އީރާނުގެ އަސްކަރިއްޔާގެ ގޮފި, އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން އިސްރާއީލަށް ދިން ހަމަލާއާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޒްރޭލުގެ ވަކި ތަންތަނަށް އެތައް ޑްރޯންއަކާއި މިސައިލަކުން ހަމަލާދީފައިވާ ކަމަށެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ބުނީ މި ހަމަލާ ދީފައިވަނީ ދިމިޝްގުގައި ހުންނަ އީރާނުގެ އެމްބަސީގެ ކޮންސިއުލާ ސެކްޝަނަށް ދިން ހަމަލާގެ އިތުރުން ނުބައި ޒަޔަނިސްޓް ސަރުކާރުގެ ގިނަ ޖަރީމާތަކަކާ ގުޅިގެން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ