logoEN
cocacola
އިސްރާއީލް ސަލާމާތް ކުރުމަށް އިނގިރޭސިވިލާތާއި އެމެރިކާގެ ޖެޓުތައް ހަރަކާތްތެރިވަނީ

އިސްރާއީލް ސަލާމާތް ކުރުމަށް އިނގިރޭސިވިލާތާއި އެމެރިކާގެ ޖެޓުތައް ހަރަކާތްތެރިވަނީ

އަހުމަދު ޝުރާއު

logo

4/13/2024, 10:44:54 PM

# އިރާން-އިސްރާއިލް

އާރްއޭއެފްގެ ޖެޓެއް

އިރާނުން ޔަހޫދީ އިސްރާއީލާއި ދެކޮޅަށް ދޭން ފެށި ހަމަލާތަކުން އިސްރާއީލް ސަލާމާތް ކުރުމަް އެމެރިކާއާއި އިނގިރޭސިވިލާޓުގެ ފައިޓާރ ޖެޓުތައް ހަރަކާތްތެރިވަމުން އަންނަ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެފި އެވެ.

ގޮސިޔާ

ސްކައިނިއުސްއިން ދާދި ދެންމެ އަކު ބުނީ އިރާނުން ފޮނުވާލި ހަލަތާކުން ޔަހޫދީން ސަލާމާތް ކުރުމަށްޓަކައި އިނގިރޭސި ރޯޔަލް އެއާފޯސް އާއި އެމެރިކާގެ އެއާފޯސްގެ ފައިޓާރ ޖެޓުތައް އިސްރާއީލް ވައިގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެގޮތުން ބައެއް ހަމާލަތައް އެމެރިކާގެ އަސްކަރީ ޖެޓުތަކުންނާއި އާރްއޭއެފްގެ ފައިޓާ ޖެޓުތަކުން ހުއްޓުވާފައިވާ ކަމަށް ވަނީ ބުނެފައި އެވެ.

ނަމަވެސް މިކަން އަދި އެދެގައުމުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އީރާނުގެ އަސްކަރިއްޔާގެ ގޮފި, އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން އިސްރާއީލަށް ދިން ހަމަލާއާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޒްރޭލުގެ ވަކި ތަންތަނަށް އެތައް ޑްރޯންއަކާއި މިސައިލަކުން ހަމަލާދީފައިވާ ކަމަށެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ބުނީ މި ހަމަލާ ދީފައިވަނީ ދިމިޝްގުގައި ހުންނަ އީރާނުގެ އެމްބަސީގެ ކޮންސިއުލާ ސެކްޝަނަށް ދިން ހަމަލާގެ އިތުރުން ނުބައި ޒަޔަނިސްޓް ސަރުކާރުގެ ގިނަ ޖަރީމާތަކަކާ ގުޅިގެން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ