logoEN
cocacola
މިއީ އިރާނާއި އިސްރާއީލުގެ މަސްލަހަތު ހިމެނޭ ކަމެއް, އެމެރިކާއާއި ބެހޭ ކަމެއް ނޫން - އިރާން

މިއީ އިރާނާއި އިސްރާއީލުގެ މަސްލަހަތު ހިމެނޭ ކަމެއް, އެމެރިކާއާއި ބެހޭ ކަމެއް ނޫން - އިރާން

އަހުމަދު ޝުރާއު

logo

4/13/2024, 10:36:28 PM

# އިރާން-އިސްރާއިލް

އިރާންއާއި އެމެރިކާގެ ދިދަ

އިރާނުން އިސްރާއީލާއި ދެކޮލަށް މިރޭ ދޭން ފެށި ހަމަލާތަކަކީ އިރާނާއި އިސްރާއީލާއިއި ދެމެދު އޮތް ކަމެއް ކަމަށާއި އެކަމުގެ ތެރެއަށް އެމެރިކާ ވަންނަން ނުޖެހޭނެ ކަމަށް އިރާނުން ބުނެފި އެވެ.

ގޮސިޔާ

އީރާނުން އދއަށް ކަނޑައަޅާފައި ހުންނަ މިޝަންގެ ރަސްމީ އެކްސް އެކައުންޓުން މިރޭ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އިޒްރޭލަށް މިރޭ ދިން ޑްރޯން އަދި މިސައިލް ހަމަލާއަކީ "ސައްހަ ދިފާއުއާ ގުޅޭ އދގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ބާރު" ގެ ދަށުން ސީރިއާގެ ދިމިޝްގުގައި ހުންނަ އެ ގައުމުގެ އެމްބަސީއަށް އިޒްރޭލުން އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އިރާނުން ދިން ހަމަލާއެއް ކަމަށެވެ.

މިރޭ ދިން ހަމަލާއާ އެކު "މައްސަލަ ނިމޭނެ ކަމަށް ބެލެވިދާނެ،" ކަމަށް އީރާނުން ބުންޏެވެ.

އެހެންނަމަވެސް އިސްރާއީލުގެ ސަރުކާރުން އިތުރު ގޯހެއް ހަދައިފިނަމަ އީރާނުގެ ރައްދު މިއަށްވުރެ މާ ހަރުކަށިވާނެ ކަމަށްވެސް ވަނީ ބުނެފައި އެވެ.

View post on Twitter

އަދި މިއީ އީރާނާއި ޔަހޫދީ އިސްރާއީލުގެ ސަރުކާރާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކެއް ކަމަށާއި، އެކަމުގެ ތެރެއަށް ނުވަދެ އެމެރިކާ ދުރުގައި އޮންނަށް އިރާނުން ވަނީ ގޮވާލާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ