
އީރާނާ ދެކޮޅަށް އިސްރާއީލުން ހަމަލާއެއް ދޭން ވައިގެ ސަރަހައްދު ހުޅުވާ ކޮންމެ ގައުމަކަށް ހަމަލާދޭނެކަމުގެ އިންޒާރު އީރާނުން ދީފި
# އިސްރާއިލް# އީރާންމެދުއިރުމަތީގެ ވައިގެ ސަރަހައްދު
އީރާނާ ދެކޮޅަށް އިސްރާއީލުން ހަމަލާއެއް ދޭން ވައިގެ ސަރަހައްދު ހުޅުވާ ކޮންމެ ގައުމަކަށް ހަމަލާދޭނެކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

އީރާނުގެ ދިފާއީ ވަޒީރު ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ރިޒާ އަޝްތިޔާނީ ވަނީ, އީރާނަށް ހަމަލާ ދިނުމަށް އިސްރާއީލުން އީރާނަށް ހަމަލާދިނުމަށް އެއްވެސް ގައުމެއްގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދީފި ނަމަ އީރާނުން އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވިދާޅުވެފައެވެ.
އީރާނަށް ހަމަލާދިނުމަށް, އިސްރާއީލަށް ވައިގެ ސަރަހައްދު ނުވަތަ އެއްގަމު ސަރަހައްދު ހުުވާ ކޮންމެ ގައުމަކަށްވެސް އީރާނުގެ ފުރިހަމަ ޖަވާބެއް ލިބޭނެ - އަޝްތިޔާނީއާ ހަވާލާދީ އީރާންގެ ދައުލަތުގެ ނޫހެއް ކަމަށްވާ އިރްނާއިން ރިޕޯޓުކޮށްފައިވެއެވެ.
އީރާނުން މިފަދަ އިންޒާރެއް ދީފައިމިވަނީ, އިސްރާއީލަށް ހަމަލާދިނުމަށް އީރާނުން ޑްރޯންތަކެއް ފޮނުވާލާފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން 100 އަށްވުރެ ގިނަ ޑްރޯން ފޮނުވާލާފައިވާ ކަމަށް އިސްރާއީލުގެ ދިފާއީ ވުޒާރާއިން ބުނެފައިވެއެވެ.
އިތުރު ތަފްސީލު އަންނަނީ...
ގުޅުންހުރި

އަމިއްލައަށް ވަޅުލި ލޭންޑް މައިނަކަށް އެރި ޔަހޫދީ ސިފައިންގެ މީހަކު ވަރަށް ބޮޑަށް އަނިޔާވެއްޖެ

ޔަމަނުން އިޒްރޭލަށް ވައިގެ ހަމަލާއެއް ފޮނުވާލައިފި

ޔަހޫދީ ސިފައިންގެ ބަޑީގެ ހަމަލާތަކެއްގައި ޣައްޒާގެ ތިން މީހަކު ޝަހީދުވެއްޖެ
