logoEN
cocacola
ތިނަދޫ އެކްސިޑެންޓުގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެއަށް!

ތިނަދޫ އެކްސިޑެންޓުގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެއަށް!

# އެކްސިޑެންޓް

--

ތިނަދޫ ސިޓީގައި ރޭ ހިނގައިދިޔަ އެކްސިޑެންޓުގައި އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެންގޮސްފި އެވެ.

ގޮސިޔާ

ތިނަދޫ ސިޓީގައި ރޭ 11 ޖަހާކަންހާއިރު ކާރަކާއި ސައިކަލެއް ޖެހި ހިނގައިދިޔަ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ފައި ވަނީ 3 ތަނަކުން ބިންދައިގެން ގޮސްފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 64 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ފަހަތުން އައި ކާރެއް އެ ސައިކަލުގައި ޖެހިގެންނެވެ.

View post on Twitter

މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު, އިތުރު ފަރުވާއަށް މިއަދު ހެނދުނު ވަނީ މާލެ ގެންގޮސްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ