logoEN
cocacola
އެމްބިއުލާންސަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް!

އެމްބިއުލާންސަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް!

އަހުމަދު ޝުރާއު

logo

4/10/2024, 6:45:14 AM

# އެކްސިޑެންޓް

ހުޅުމާލޭގައި ހިނގި އެކްސިޑެންޓު

ހުޅުމާލޭގައި އެމްބިއުލާންސްއަކާ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ގޮސިޔާ

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 03:21 ހާއިރު ފޭސް 2 ހިތިގަސް މަގު، ފިތުރޯނު މާ ހިންގުން ގުޅޭ ކަންމަތިން އެކްސިޑެންޓެއް ވެގެން އުޅޭ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުނު ކަމަށެވެ. މިއާި އެކު ފުލުހުން ސީންއަށް ދިޔައިރު ހިތިގަސް މަގުން އުތުރުން ދެކުނަށް އައިސް ފިތުރޯނު މާ ހިނގުމުން އަޅަން އުޅުނު އެމްބިއުލާންސްގައި ހިތިގަސް މަގުން ދެކުނުން އުތުރަށް ދުއްވާފައި އައި ސައިކަލް ޖެހިފައި އެކްސިޑެންޓްވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ހިނގި ކަމަށް ބެލެވެނީ ސައިކަލު އޯވަރ ޓޭކް ކުރަން އުޅުމުގެ ތެރޭގައި އެމްބިއުލާންސްގައި ޖެހިގެން ކަމަށެވެ.

View post on Twitter

އަދި ސައިކަލް ދުއްވި ފަރާތް މަގު މައްޗަށް ވެއްޓިފައި އޮތް ކަމަށާއި އޭނާގެ ހޭ ނެތް ކަމަށާއި އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި ސައިކަލަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައިވާއިރު ފުލުހުންް ދަނީ މިހާރު މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ