
ގއ. ވިލިނގިލި --
ގއ. ވިލިނގިލިގައި ސިހުރު ހެދިކަމަށް ބުނާ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ގާފު" އޮންލައިން އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ, ގއ. ވިލިނގިލިގައި ސިހުރު ހެދިކަމަށް ބުނާ މައްސަލައެއް މިމަހުގެ10 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވި ނަމަވެސް, މި މައްސަލަ ތަހުގީގު ކުރަމުންއަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގއ. ވިލިނިގިލީގައި މީހަކު ސިހުރު ހަދަން އުޅޭކަމަށްބުނެ ވީޑިއޯއެއްވެސް ވަނީ އާއްމުވެފައެވެ. އެ ވީޑިއޯގައި ސިހުރު ހަދާކަމަށް ބުނާ މީހާގެ ސޯޓުތެރެއަށް އެއްޗެއް ލައިގެން ދާ މަންޒަރުވަނީ ފެނިފައެވެ. އަދި ވީޑިއޯ ކުރި މީހުންވެސް ގޮވަމުން ދިޔައީ އެއީ ސިހުރު ހެދުމަށްފަހު ކަފުންކުރުމަށް ގެންދާ އެއްޗެއް ކަމަށެވެ.
ގުޅުންހުރި

ވިލިނގިލީގައި ފުލުހުންގެ ބަންދުގައި ހުއްޓާ ބަލިވެގެން އެޑްމިޓްކުރުމުން ހޮސްޕިޓަލުން ފިލި މީހަކު އަލުން ހޯދައި ހައްޔަރަށް!

އަލިފާނުގެ ހާދިސާގައި ސްކޫލަށް ލިބުނީ ބޮޑު ގެއްލުމެއް، ކިޔެވުން ނުހުއްޓޭނެ ހެން ކަންކަން އިންތިޒާމް ކުރެވޭނެ - އެޑިއުކޭޝަން

ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ އިމާރާތެއްގައި އަލިފާން ރޯވެ އަނދަނީ




