logoEN
cocacola
މަޖިލިސް އިންތިހާބާއި ގުޅޭގޮތުން މިހާތަނަށް 41 މައްސަލަ!

މަޖިލިސް އިންތިހާބާއި ގުޅޭގޮތުން މިހާތަނަށް 41 މައްސަލަ!

އަހުމަދު ޝުރާއު

logo

4/13/2024, 10:22:15 AM

# މަޖިލިސް އިންތިހާބު 2024

މަޖިލިސް އިންތިހާބަށް އީސީއިން ބޭއްވި މަޝްވަރާ ބައްދަލުވުމެއް

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅޭ 41 މައްސަލައެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ގޮސިޔާ

މިކަން ހާމަކުރައްވައި އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު ހަސަން ޒަކަރިއްޔާ މިއަދު ވިދާޅުވީ އެކޮމިޝަނުގެ ކޮމްޕްލެއިންސް ބިއުރޯއަށް މަޖިލިސް އިންތިހާބާ ގުޅޭ 41 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 38 މައްސަލަ މިހާތަނަށް ބަލައި ނިމިފައިވާ ކަމަށެވެ. އަދި މިހާރު ތިން މައްސަލައެއް ބަލަމުން ދާކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން އިތުރަށް ވިދާޅުވީ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅިފައިވަނީ 5 ބާވަތެއްގެ މައްސަލަ ކަމަށާއި އޭގެތެރެއިން ރަޖިސްޓްރޭޝަންއާ ގުޅޭ މާއްސަލަތަކާއި ކެންޑިޑެންސީއާ ގުޅޭ މައްސަލަތައް ބަލާ ނިމިފައިކަަމަށެވެ.

އަދި ވޯޓުލުމުގެ ހައްގާއި ގުޅޭގޮތުން ހުށަހަޅާފައިވާ 26 މައްސަލައިގެ ތެރެއިން 25 މައްސަލަ ނިންމައި، އެއް މައްސަލަ ބަލަމުންދާ ކަމަށާއި ކެމްޕޭން ކުުރުމާގުޅޭގޮތުން ހުށަހެޅިފައިވާ 5 މައްސަލައިގެ ތެރެއިން 4 މައްސަލަ ނިންމައި، އެއް މައްސަލަ ބަލަމުންދާކަމަށްވެސް ހަސަން ވިދާޅުވިއެވެ. އަދި މީގެ އިތުރުން އިންތިޚާބީ މުވައްޒަފުންނާއިބެހޭ 2 މައްސަލައިގެ ތެރެއިން 1 މައްސަލަ ބަލައި ނިންމާފައިވާކަމަށާއި 1 މައްސަލަ މިހާރުވެސް ބަލަމުންދާކަމަށް ހަސަން ފާހަގަކުރެއްވިއެވެ.

އިންތިޚާބާއި ގުޅޭ އެކިމައްސަލަތަކާއި ޝަކުވާތައް އީސީއަށް ލިބެމުންދާކަމަށާއި މިމައްސަލަތަކާއި ޝަކުވާތައް އީސީގެ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅުމަށް އީސީން އެދިލައްވައެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެގޮތުން މި އިންތިހާބަށް އީސީއިން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ