logoEN
cocacola
ކުރީގެ ރައީސް ސޯލިހް މަޖިލިސް ކެމްޕެއިނަށް ގއ އަތޮޅުގައި!

ކުރީގެ ރައީސް ސޯލިހް މަޖިލިސް ކެމްޕެއިނަށް ގއ އަތޮޅުގައި!

އަހުމަދު ޝުރާއު

logo

4/13/2024, 9:46:21 AM

# ރައީސް ސޯލިހު

ރައީސް ސޯލިހް ވިލިނގިލީގައި

ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް އެޑްވައިޒަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ އަތޮަޅަށް ވަޑައިގެންފި އެވެ.

ގޮސިޔާ

ރައީސް ސޯލިހް ގއ އަތޮޅަށް ފެއްޓެވި ދަތުރުފުގެ ތެރެއިން އެންމެ ފުރަތަމަ ވަޑައިގެންނެވީ ވެރިކަން ކުރާ ގއ ވިލނގިއްޔަށެވެ. އަދި އެޔަށްފަހު މިހާރު ރައީސް ސޯލިހް ވަނީ ކޮލަމާފުއްޓަށް ވަޑައިގެންފައި އެވެ.

ރައީސް ގއ އަތޮޅަށް ކުރައްވާ ދަތުރުފުޅަކީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް މިހާރު ދެކުނަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. ރައީސް ސޯލިހް ގއ އަތޮަޅަށް ވަޑައިގެންފައިމިވަނީ އައްޑޫއިންނެވެ.

ވިލިނގިލީ ދާއިރާގެ ގޮނޑިއަށް ތިން ވަނަ ދައުރަކަށް ވާދަކުރައްވާ ސައުދު އާއި އެކު ރައީސް ސޯލިހް މިއަދު ވަނީ ކެމްޕެއިނަށް ދޮރުން ދޮރަށް ހިންގަވާފައި އެވެ. އަދި މިހާރު ކޮލަމާފުށީ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެނޑިޑޭޓާއި އެކު އެދާއިރާގައި ވެސް އަންނަނީ ދޮރުން ދޮރަށް ހިންގަވަމުންނެވެ.

މައުލޫމާތު ލިބޭގޮތުގައި ގއ އަތޮޅަށް ފަހު ރައީސް ސޯލިހް ވަޑައިގަންނަވާނީ ގދ އަތޮޅަށެވެ.

ރައީސް ސޯލިހް ވޭތުވެދިޔަ ދެ ދުވަހު ވަނީ އެންމެ ދެކުނުން ފުވައްމުލަކާއި އައްޑޫ ސިޓިއަށްވެސް ކެމްޕެއިނަށް ޒިޔާރާތް ކުރައްވާފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ