
ހަމަލާދިން މޯލް
އޮސްޓްރޭލިއާގެ މައި ސިޓީ ސިޑްނީގެ މޯލެއްގެ ތެރޭގައި މީހަކު އެތަނުގައި ތިބި ބަޔަކަށް ވަޅިން ހަމަލާދީ ގިނަ ބަޔަކު ޒަހަމްކޮށް 5 މީހަކު މަރާލައިފި އެވެ.

ސިޑްނީގެ ނިއު ސައުތު ވޭލްސްގެ ޕޮލިސް އެސިސްޓެންޓް ކޮމިޝަނަރު އެންތަނީ ކުކް ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ވެސްޓްފީލްޑް ބޮންޑީ ޖަންކްޝަން މޯލް ކޮމްޕްލެކްސްގައި ހިނގި މިހާދިސާގައި ހަމަލާދިން ކަމަށް ބެލެވޭ މީހާގެ ގަޔަށް ފުލުހުން ބަޑިޖަހާ މަރާލާފައިވާ ކަމަށެވެ. އެގޮތުން އޭނާ މަރާލާފައިވަނީ ފުލުހުން އޭނައާއި ކުރިމަތިލައި ހުއްޓާލުމަށް އެންގުމުންވެސް ހުއްޓާ ނުލާ އިތުރު ބަޔަކަށް ވަޅިން ހަމަލާދިނުމެ މަސައްކަތް ކުރުމުން އޭނާ ހުއްޓުވަން މަސައްކަތްކުރި ފުލުހެއް ކަމަށެވެ.
ވަޅިން ދިން ހަމަލާއާއި ގުޅިގެން ގިނަ ބަޔަކަށް ހޮސްޕިޓަލުގެ ފަރުވާ ދެމުންއަންނަ އިރު އެތަނުންވެސް ގިނަ ބަޔެއްގެ ހާލު ސީރިއަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި 9 މަހުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ.
ޝޮޕިން ސެންޓަރުގެ އެތެރޭން ނަގާފައިވާ ފޮޓޯތަކާއި ފުޓޭޖުތަކުން ފެންނަގޮތުގައި ފިރިހެނަކު ލޭ ހުރި ވަޅިއެއް ހިފައިގެން މޯލް ތެރޭގައި ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. މޯލް ތެރޭގައި ތިބި ގިނަ ބަޔަކު ބޮލާޑް ބޭނުންކޮށްގެން ހަމަލާދިން ކަމަށް ޝައްކުކުރެވޭ މީހާ ހުއްޓުވަން މަސައްކަތް ކުރާ މަންޒަރުވެސް ފެނެއެވެ. ހަމަލާދިން މީހާ ހުރީ ސޯޓަކާއި ޖާޒީއެއް ލައިގެންނެވެ.
ފުލުހުން ބުނާ ގޮތުގައި އޭނާ މިހަމަލާދީފައިވަނީ އެކަނި ކަމަށް މިހާތަނަށް އެނގިފައިވާއިރު ހަމަލާގެ މަގްސަދު އަދި ހާމަވެފައެއް ނުވެއެވެ.
.gif&w=3840&q=75)





