
އީރާނުން އިސްރާއީލަށް ހަމަލާ ދީފި ނަމަ އިސްރާއީލަށް އެއްބާރުލުން ދޭނަން - ބައިޑަން
# އިސްރާއިލް# އީރާންއެމެރިކާގެ ރައީސް ޖޯ ބައިޑަން
އީރާނުގެ އިސް ބޭފުޅުންތަކެއް ޝަހީދުކޮށްލި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އިސްރާއީލަށް ހަމަލާދީފި ނަމަ އެމެރިކާއިން އިސްރާއީލަށް އެއްބާރުލުން ދޭނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑަން ވަނީ ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ހަމަލާދިނުމާ ގުޅިގެން އީރާނުން އިސްރާއީލަށް "ބޮޑު ހަމަލާއެއް" ދޭނެ ކަމުގެ އިންޒާރު ދެމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
އަދި އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެމެރިކާއިން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުގެ ލީޑަރު ވަނީ އިސްރާއީލުން ދިމިޝްގަށް ދިން ހަމަލާއަކީ އީރާނަށް ދިން ހަމަލާއާ އެއްވަރުގެ ހަމަލާއެއް ކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިން ބުދަ ދުވަހު އީރާނުގެ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވިދާޅުވީ ދިމިޝްގަށް އިސްރާއީލުން ދިން ހަމަލާއަކީ އީރާނަށް ދިން ހަމަލާއާ އެއްވަރުގެ ހަމަލާއެއް ކަމަށެވެ.
އީރާނުން އިސްރާއީލަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައިވާއިރު, އިސްރާއީލުން ވަނީ އެފަދަ ހަމަލާއަކަށް އިސްރާއީލުން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.
ގުޅުންހުރި

އަމިއްލައަށް ވަޅުލި ލޭންޑް މައިނަކަށް އެރި ޔަހޫދީ ސިފައިންގެ މީހަކު ވަރަށް ބޮޑަށް އަނިޔާވެއްޖެ

ޔަމަނުން އިޒްރޭލަށް ވައިގެ ހަމަލާއެއް ފޮނުވާލައިފި

ޔަހޫދީ ސިފައިންގެ ބަޑީގެ ހަމަލާތަކެއްގައި ޣައްޒާގެ ތިން މީހަކު ޝަހީދުވެއްޖެ
