logoEN
cocacola
ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ ތިން ހަފްތާ ފަހުން މާލެއިން ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ ތިން ހަފްތާ ފަހުން މާލެއިން ފެނިއްޖެ

އައިޝަތު އިފާޝާ

logo

4/11/2024, 4:46:24 AM

# ފުލުހުން

ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ

މީގެ ތިން ހަފްތާކުރިން އާއިލާއަށް ޚަބަރެއް ނުވެ ގެއްލިގެން ހޯދަމުންދިޔަ ދާންދޫއަށް ނިސްބަތްވާ އަންހެން މީހާ މާލޭގައި ހުއްޓާ ފެނިއްޖެއެވެ.

ގޮސިޔާ

ގެއްލިގެން ހޯދަމުންދިޔައީ ގއ ދާންދޫ, ނޫވިލާ, ޝަޒިއްޔާ އިބްރާހިމް ނަމަކަށް ކިޔާ 44 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނީ ޝަޒިއްޔާ އިބްރާހިމް އާއިލާއަށް ހަބަރެއް ނުވެގެން ގެއްލިފައިވާ ކަމަށް މިމަހުގެ 8 ވަނަ ދުވަހުގެ 10:55 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ގެއްލިގެން ރިޕޯޓުކުރުމާއެކު ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. ޝަޒިއްޔާ އިބްރާހިމް ދިރިއުޅެނީ މާލޭގައި ކަމަށާއި, އޭނާގެ ފޯނަށް ނުގުޅޭތާ ތިން ހަފްތާ ވެފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ރޭ ބުނީ, ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ ރޭ 23:10 އެހާކަންހާއިރު މާލެއިން ފެނިފައިވާ ކަމަށާއި, އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ