
ގެނބިގެން މަރުވީ، 17 އަހަރުގެ ދިވެހި އަންހެން ކުއްޖެއް
ތ. އަތޮޅުގެ ފަޅު ރަށަކަށް ދަތުރު ގޮސް އުޅުނު އަންހެން ކުއްޖަކު ގެނބިގެން ނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ، ތ. އަތޮޅު ވިލުފުށި ކައިރީގައި އޮންނަ ފަޅު ރަށަކަށް ދަތުރު ގޮސް އުޅުނު ކުއްޖަކު ގެނބިގެން ވިލުފުށި ސިއްހީ މަރުކަޒަށް ގެންދާ ކަަމަށް މިއަދު މެންދުރު 12:45 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަަމަށެވެ.
ފުލުހުން ބުނީ އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ގެނބިގެން ނިޔާވި، 17 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. ނަމަވެސް އެއީ ކޮން ރަށެއްގެ ކުއްޖެއްކަމެއް ސާފެއް ނުވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ގުޅުންހުރި

ވިލުފުށީގައި "ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ" ޓްރެއިނިންގ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ނިންމާލައިފި

ވިލިފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓައް ކުރިމަތިލާން ޖެނުއަރީ 11 ގައި ހުޅުވާލަނީ

ވިލުފުށީ މަސްޖިދު ޢުމަރު ފާރޫޤް އަކީ އިސްލާމީ މަރުކަޒެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފި




