logoEN
cocacola
އީދުގެ މުނާސަބަތުގައި މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުން ހަވާ އަރުވާނެ!

އީދުގެ މުނާސަބަތުގައި މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުން ހަވާ އަރުވާނެ!

އަހުމަދު ޝުރާއު

logo

4/10/2024, 5:46:31 AM

# އެމްއެންޑީއެފް

ހަވާއެރުވުން

ފިތުރު އީދުގެ މުނާސަބަތުގައި މިރޭ މާލޭގައި ހަވާއަރުވަން ހަމަޖެހިފައިވާކަން އެމްއެންޑީއެފުން ހާމަކޮށްފި އެވެ.

ގޮސިޔާ

އެމްއެންޑީއެފުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 1445 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާޞަބަތުގައި ހަވާ އެރުވުން، މިރޭ (އޭޕްރީލް 10) 22:00 ގައި ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދާ ދިމާލު ކަނޑު މަތީގައި އޮންނާނެ ކަމަށެވެ.

View post on Twitter

މިއަހަރުގެ ފިތުރު އީދު ފާހަގަކުރުނަށް މާލޭގައި ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައިއެވެ. އެގޮތުން މާލޭގައި އީދު ހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސާދަ އެންޓަޓައިމެންޓްގެ ފަރާތުންނެވެ. އެގޮތުން މިރޭ ހަވާ އަރުވަން ހަމަޖެހިފައިވަނީވެސް ސާދަ އެންޓަޓައިމެންޓުން ބާއްވާ މިއުޒިކް ޝޯގެ ތެރެއިންނެވެ.

މިއަހަރަކީ ރާއްޖޭގައި ގައުމީ ފެންވަރެއްގައި އީދު އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް އަހަރެވެ. އެގޮތުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ރާއްޖެގެ ބައެއް ރަށްތަކާއި ސިޓީ ތަކުގައި ވަނީ އީދު ދިއްލުން ދިއްލާފައި އެވެ..

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ