logoEN
cocacola
ލަންކާގެ 700 އަށްވުރެ ގިނަ ގައިދީންނަށް މާފު ދީފި

ލަންކާގެ 700 އަށްވުރެ ގިނަ ގައިދީންނަށް މާފު ދީފި

އަހުމަދު ޝުރާއު

logo

4/9/2024, 6:41:18 PM

# ސްރީލަންކާ

މާފުދިން ގައިދީން ޖަލުން މިނިވަން ވަނީ

ލަންކާގެ ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ގިނަ އަދަދެއްގެ ގައިދީންނަށް މާފު ދީފިއެވެ.

ގޮސިޔާ

އެގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި ކުރިއަށް އޮތް ސިންހަޅަ އަދި ތަމަޅަ އާ އަހަރާ ދިމާކޮށް 700 އަށް ވުރެ ގިނަ ގައިދީންނަށް މާފު ދޭން އެގައުމުގެ ރައީސް ޔަނިލް ވިކްރަމްސިންހަ ވަނީ މިހާރު ނިންމަވާފައި އެވެ.

އެގައުމުގެ ރައީސް އޮފީހުގެ މީޑިއާ ޑިވިޝަން (ޕީއެމްޑީ) އިން ބުނި ގޮތުގައި ޖުމްލަ 779 ގައިދީއަކަށް މައާފު ދޭން ވަނީ ރައީސް ރަނިލްގެ ރިޔާސީ ގަރާރަކުން ނިންމަވާފައި އެވެ.

ޕީއެމްޑީއިން އިތުރަށް ބުނީ މިނިންމުން ނިންމާފައިވަނީ އެގައުމުގެ ގާނޫނު އަސާސީގެ 34 ވަނަ މާއްދާގެ (1) ގައިވާ ގޮތުގެ މަތިން ރައީސް ރަނިލް ވިކްރަމަސިންހަ އަމިއްލަ ފުޅަށް ކަމަށެވެ.

މިއީ 2022 ވަނަ އަހަރު ރަނިލް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން މިހާ ގިނަ ގައިދީންނަށް އެއްފަހަރާ މާފު ދެއްވި ފުރަަތަމަ ފަހަރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ