logoEN
cocacola
އިރާނުގެ ރައީސް ސްރީލަންކާއަށް ވަޑައިގަންނަވަނީ

އިރާނުގެ ރައީސް ސްރީލަންކާއަށް ވަޑައިގަންނަވަނީ

އަހުމަދު ޝުރާއު

logo

4/15/2024, 4:35:49 PM

# އިރާން# ސްރީލަންކާ

އިރާނުގެ ރައީސް

ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރުތަކުގެ ތެރޭގައި ހިމެނޭ އިރާނުގެ ރައީސް އިބްރާހީމް ރައީސީ މިމަހުގެ ފަހު ކޮޅު ސްރީލަންކާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަން ލަންކާގެ ހާރިޖީ އޮފިޝަލުން ހާމަކޮށްފި އެވެ.

ގޮސިޔާ

ހާރިޖީ އޮފިޝަލުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނީ ރައީސީ ލަންކާއަށް ވަޑައިގަންނަވަނީ އުމާ އޮޔާ މަލްޓިޕާޕަސް ޕްރޮޖެކްޓުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. އުމާ އޮޔާ ޕްރޮޖެކްޓަކީ ލަންކާގެ ބޮޑެ ދެ ޑޭމްއެއް ތަރައްޤީކުރުމުގެ މަޝްރޫއުއެވެ.

އެގޮތުން މި މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްުާތު ބޭއްވުމަށް ތާވަލު ކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. އެގޮތުން އިރާނުގެ ރައީސް އެގައުމުަށް ވަޑައިގަންނަވާނީ ވެސް އެދުވަހު ކަމަށް ހާރިޖީ އޮފިޝަލުން މައުޅުމާތު ދެއެވެ.

އީރާނުގެ ތެހެރާން ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމާ އޮޔާ މަލްޓިޕާޕަސް ޕްރޮޖެކްޓަކީ ލަންކާގައި އީރާނުގެ ކުންފުނިތަކުގެ ޓެކްނިކަލް އަދި އިންޖިނިއަރިން ސާވިސްގެ އެންމެ ބޮޑު އެއް މަޝްރޫއުގެ ގޮތުގަ އެވެ. މި ޕްރޮޖެކްޓަކީ ކޮލަމްބޯ ސިޓީއާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ސްރީލަންކާގެ އިރުދެކުނު ފަރާތުގައި ހިންގާ ޕްރޮޖެކްޓެކެވެ.

ސްރީލަންކާއަކީ އިރާނާއި އެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ