
ޒަކާތު ފަންޑުން ޣައްޒާގެ މުސްލިމު އަޚުންނާ އުޚުތުންނަށް 1 ލައްކަ ޑޮލަރު ހަދިޔާކުރަން ނިންމައިފި
# ރައީސް މުއިއްޒު# އިސްލާމިކް މިނިސްޓްރީ# ފަލަސްތީން# މޯލްޑިވްސް ޒަކާތު ހައުސްފަލަސްތީނުގެ ދިފާއުގައި ރާއްޖޭގައި ކުރި ހިނގާލުމެއްގެ ތެރެއިން
ރާއްޖޭގެ ޒަކާތު ފަންޑުން ޔަހޫދީންގެ ހުއްޓުމެއްނެތް ހަމަލާތައް އަމާޒުވަމުން އަންނަ ޣައްޒާގެ މުސްލިމު އަޚުންނާ އުޚުތުންނަށް 1 ލައްކަ ޑޮލަރު ހަދިޔާކުރަން ނިންމައިފި އެވެ.

މިކަން ހާމަކުރީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއިންނެވެ. އެގޮތުން ހަދިޔާކުރަން ނިންމާފައިވަނީ ދިވެހި ރުފިޔާއިން ބަލާނަމަ 1.5 މިލިއަން ދިވެހި ރުފިޔާއެވެ.
މިކަމާއި ގުޅޭގޮތުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތު ފަންޑުން ޣައްޒާގެ އަޚުންނާ އުޚުތުންނަށް ފޮނުވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނީ ޤަޠަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ކަމަށެވެ. އަދި ޒަކާތު ފަންޑުން ފުރަތަމަ މަރުޙަލާގައި ފޮނުވަން ޤަސްތުކުރަނީ 1 ލައްކަ ޑޮލަރު ކަމަށާއި މި ފައިސާ ފޮނުވާނީ 2 ޕޭމަންޓަކަށް ބަހައިގެން ކަމަށް ޝަހީމް ވިދާޅުވިއެވެ ޝަހީމް އިތުރަށް ވިދާޅުވީ މި ފައިސާއަކީ ޣައްޒާގެ ރައްޔިތުންގެ ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވޭ އެހީއެއް ކަމަށެވެ.
މިއީ ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ފަރާތަކަށް އެހީވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ މިކަމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިޔަށް ގެންދެވޭ ކަމެއް ކަމަށެވެ.
މީގެ ކުރިން ވެސް ދިވެހިންގެ ފަރާތުން ޤައުމީ ފެންވަރުގެ އެހީ 2 ފަހަރެއްގެ މަތިން ޤަޠަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ފޮނުވާފައިވެއެވެ.
ގުޅުންހުރި

އިޙްޔާ ފޯރަމް މިރޭ މާލެގައި، ތަޤުރީރު ކުރައްވާނީ އައްޝައިޙް މުޙައްމަދު ޤުބާދު އަބޫބަކުރު!

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިދާރީ ހިންގުން ރަނގަޅު ކުރުމަށް އޮނިގަނޑަށް ބަދަލުތަކެއް!
ރާއްޖެއިންބޭރުގެ ޑިޕްލޮމެޓުންނަށް ރައީސްގެ ދެކަނބަލުން ރޯދަވީއްލުމެއް ދެއްވައިފި
