logoEN
Sto top
އިސްލާމީ ދާއިރާތަކުގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެކު ހޮނިހިރު ދުވަހު ސޮއިކުރަނީ!

އިސްލާމީ ދާއިރާތަކުގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެކު ހޮނިހިރު ދުވަހު ސޮއިކުރަނީ!

އަހުމަދު ޝުރާއު

logo

3/14/2025, 12:40:10 PM

# އިސްލާމިކް މިނިސްޓްރީ

--

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވަޢުދުތަކުގައި ހިމެނޭ އިސްލާމީ ދާއިރާތަކުގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެކު ސޮއިކުރުން ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

Wamco

ސޮއި ކުރުމުގެ މަޝްރޫއު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު މެންދުރުއެވެ.

މިގޮތުން ހޮނިހިރު ދުވަހު ސޮއި ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ މިރޭ ޢިޢުލާން ކުރައްވާފައެވެ.

އެގޮތުން ހޮނިހިރު ދުވަހު ސޮއި ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:

ލ. މައިބާދޫ ( ޤުރުއާނާ ބެހޭ މަރުކަޒް)ޅ. އޮޅުވެލި ފުށި. ޤުރުއާން މަރުކަޒު)ށ. ނޫމަރާ، މިސްކިތްހދ. ނެއްލައިދޫ، މިސްކިތްތ. ހިރިލަންދޫ ( މިސްކިތް)ރ. އިނގުރައިދޫ ( މިސްކިތް)ސ. ފޭދޫ ( މިސްކިތް)ބ. ކުޑަ ރިކިލު ( މިސްކިތް)ނ. ހެނބަދޫ، ( މިސްކިތް)ހއ. އުތީމު (މިސްކިތް)ތ. ވޭމަންޑޫ.( މިސްކިތް)ށ. ފޯކައިދޫ ( އިސްލާމީ މަރުކަޒު)ބ. މާޅޮސް، ( މިސްކިތް)އއ. ފެރިދޫ ( މިސްކިތް)ހއ. ބާރަށް ( މިސްކިތް)

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން ކުރަން ވަޢުދުވެލައްވާފައިވާ ގިނަ ކަންކަން ވުޒާރާއިން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

އޭގެ ތެރޭގައި ވަޤުފް އިމާރާތްތަކުގެ މަސައްކަތާއި، ޒުވާން ޙަޠީބުންގެ މަޝްރޫޢުއާއި، ޒުވާން ޙާފިޡުން އުފެއްދުމާއި ޙާފިޡުންނަށް ފުރުސަތު ފަހިކޮށްދިނުން ފާހަގަކޮށްލެވެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside