
ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން!
# މޯލްޑިވްސް ޒަކާތު ހައުސް# އިސްލާމިކް މިނިސްޓްރީޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން!
ރާއްޖޭގައި މުޅިން އަލަށް އުފެއްދި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތުގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ފަޟީލަތުއްޝައިޚް ޢިއްޒައްދީން ޢަދްނާން އެވެ. އެގޮތުން މިރޭ އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ޢިއްޒައްދީން ޢަދްނާން އަށް ވަނީ މަގާމުގެ ފަތްކޮޅު އަަރުވާފައި އެވެ.
ޢިއްޒައްދީން ޢަދްނާންއަށް މަގާމުގެ ފަތްކޮޅު އެރުއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް އުފެއްދެވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެވެ.
މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިންގާ އިދާރާއެކެވެ.
ގުޅުންހުރި

ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިޠުރުޒަކާތް ބަލައިގަންނަން ފަށަނީ

އިސްލާމީ ދާއިރާތަކުގެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެކު ހޮނިހިރު ދުވަހު ސޮއިކުރަނީ!

އިޙްޔާ ފޯރަމް މިރޭ މާލެގައި، ތަޤުރީރު ކުރައްވާނީ އައްޝައިޙް މުޙައްމަދު ޤުބާދު އަބޫބަކުރު!
