logoEN
cocacola
އެމްޓީސީސީގެ ސީއެސްއާރްުގެ ދަށުން ޖުމްހޫރީ ފަށްވާރާ މަރާމާތުކުރުމަށްފަހު އާންމުންނަށް ހުޅުވާލައިފި

އެމްޓީސީސީގެ ސީއެސްއާރްުގެ ދަށުން ޖުމްހޫރީ ފަށްވާރާ މަރާމާތުކުރުމަށްފަހު އާންމުންނަށް ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

4/8/2024, 7:12:13 PM

# އެމްޓީސީސީ

ޖުމްހޫރީ ފަށްވާރާ ހުޅުވުން

ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ނުވަތަ "ޖުމްހޫރީ ފަށްވާރާ" މަރާމާތުކޮށް ނިންމުމަށްފަހު ރަސްމީކޮށް އާންމުންނަށް ހުޅުވައިފި އެވެ.

ގޮސިޔާ

ފަށްވާރަ ރަސްމީކޮށް އަލުން ހުޅުވުމަށް މިރޭ ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަދި މި ރަސްމިއްޔާތުގައ،ި މިނިސްޓްރީ އޮފް ސިޓީސ،ް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވަރކްސ،ް އަލްފާޟިލް އާދަމް ޝަރީފު ޢުމަރާއ،ި ދަޢުލަތުގެ އިސްވެރީންނާއ،ި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް ޢަބްދުالله ޒިޔާދުގެ އިތުރުން ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަސައްކަތަކީ އެމްޓީސީސީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ނުވަތަ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރެވުނު މަސައްކަތެކެވެ.

ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ފަރުމާކޮށް ފުރަތަމަ ހުޅުވުނީ 2015 ވަނަ އަހަރު ފާހަގަ ކުރެވުނު "މިނިވަން 50" މުނާސަބަތާއި ގުޅިގެންނެވެ. މިތަން ފަރުމާކުރީ އޭރުގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މޭސްތިރިކަމުގެ ދަށުން, އެމްޓީސީސީ އިންނެވެ.

މި ބިނާ ފަރުމާ ކުރެވުނީ ރާއްޖޭގައި ކުރީ ޒަމާނުގެ ރަސްރަސްކަލުން ފެންވަރުމަށް ބޭނުންކުރާ ވެވު ރަމްޒެއް ކަމަށް ބަލައިގެންނެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާއި ގުޅިގެން ހުޅުވުނު ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ފަރުމާކޮށްފައިވަނ،ީ މިނިވަންކަމުގެ ބަހާތައް ކަމުގައިވާ ޤައުމީ އެއްބައިވަންތަކަމާއި އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ގޮތަށެވެ.

މީގެ އިތުރުނ،ް މި މަސައްކަތް ފަރުމާކުރެވިފައިވަނީ ޢާއްމުންގެ ސިއްޙަތާއި ރައްކާތެރިކަމަށްވެސް ރިޢާޔަތް ކޮށްގެންނެވެ. މިގޮތުން މިތަނުގެ ފެން ފިލްޓަރކުރާ ނިޒާމް ފަރުމާކޮށްފައިވާނ،ީ ގިނަ އަދަދެއްގެ ކުޑަކުދިން ބޭނުންކުރާ ތަނަކަށް ވާތީއާއެކު ބަލިމަޑުކަމެއް ނުފެތުރޭނެ ގޮތަށް ފެން ސާފުކުރެވި ބަދަލުކުރެވޭނެ ގޮތަށެވެ. އަދި ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެނަމެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ފަށްވާރާގެ ނިޒާމު އެއްކޮށް ނިވޭނެ ގޮތަށެވެ.

ޖުމްހޫރީ ފަށްވާރާ ފަރުމާކުރެވިފައިވަނީ ފެންއަރުވާ ގަޑީގައި މިއުޒިކްގެ އަޑުވެސް އިވޭ ގޮތަށެވެ. ނަމަވެސ،ް ރާއްޖޭގެ އެންމެ ބޮޑު މިސްކިތްހުރި ސަރަހައްދުކަމުގައިވާތީ މިއުޒިކް ޖަހާނީ ނަމާދު ގަޑިތަކާއި ދިމާނުވާނެހެން ބަލައިގެންނެވެ.

View post on Twitter

ވޭތުވެދިޔަ 5 އަހަރުތެރޭގައި މި ބިނާއޮތީ ވަރަށް ބޮޑަށް ވީރާނާވެ މަރާމާތަށް ބޭނުންވެފައެވެ. އެހެންކަމުން ޖުމްހޫރީ ފަށްވާރާ އަލުން ހުޅުވިފައި މިވަނ،ީ ޤައުމިއްޔަތާއި އިސްލާމީ ޝިއާރު ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން ރައީސް ދެއްވާފައިވާ ޙާއްސަ އިރުޝާދާއި ގުޅިގެން މިނިސްޓްރީ އޮފް ސިޓީސ،ް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވަރކްސްގެ އިސްނެގުމުގެ މަތިން އެމްޓީސީސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ނިންމުމާއި ގުޅިގެން ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މި ފެންއަރުވާ ވަޑާމަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ހިތްހަމަޖެހުން ލިބޭނެހެން އަދި ވަކިން ޙާއްސަކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން މާލޭ ސިޓީގައި ހުޅުވިފައިވާ މާލޭގެ މަލަމަތި ރީތިކޮށްދޭ ހިތްގައިމު ބިނާއެކެވެ. މި ބިނާ މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުވެގެން ދިޔަކަމީ މި ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ފަޙުރަކާއި ޝަރަފެއް ކަމަށާއި ސަބަބަކީ މި ޖުމްހޫރީ ފަށްވާރާއަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާއި ގުޅިގެން އެކަން ރަމްޒުކޮށްދިނުމަށް މި ކުންފުނިން ހެދިފައިވާ މުޙިންމު ބިނާއަކަށްވާތީ ކަމަށް އެކުންފުނިން ބުނެއެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ