logoEN
PNC TOP 3
ރާއްޖެއަށް އީދު ދުވަހަކީ ބުަދަ ދުވަސް!

ރާއްޖެއަށް އީދު ދުވަހަކީ ބުަދަ ދުވަސް!

އަހުމަދު ޝުރާއު

logo

4/8/2024, 5:16:08 PM

# ފިތުރު އީދު

އީދަށް މާލެ ދިއްލާލާފައި

ރާއްޖެއަށް ފިތުރު އީދު ދުވަހަކީ އަންނަ ބުަދަ ދުވަސްކަމުގައި ކަނޑައަޅައިފި އެވެ.

PNC MID 2

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތަށް ފަހު އިއްވި ހަނދާ ބެހޭ ބަޔާނުގައި ބުނެފައިވަނީ މިއަދުގެ އިރުއޮއްސޭއިރު ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1445 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތި ނުވާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާތީ އާއި މިއަދުގެ އިރުއޮއްސުމަށް ފަހުގައި ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް އަދި ދުނިޔޭގެ އެއްވެސް އިސްލާމީ ގައުމަކަށް މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުވެފައިވާ ކަމުގެ ރަސްމީ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

އެހެން ކަމުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރަން ދިވެހިރާއްޖޭގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމުގައްޔާއި ބުދަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅާ ކަމަށް އެވުޒާރާގެ ހަނދާއި ބެހޭ ބަޔާނުގައި ބުނެފައި ވެއެވެ

މި ބަޔާނުގައި ވަނީ އީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވާފަ އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC