logoEN
PNC TOP 3
ހުޅުމާލެ ހޮސްޕިޓަލުގެ އައު އިމާރާތެއް ޤާއިމްކޮށް ޓަރޝަރީ ފެންވަރަށް ބަދަލުކުރަނީ

ހުޅުމާލެ ހޮސްޕިޓަލުގެ އައު އިމާރާތެއް ޤާއިމްކޮށް ޓަރޝަރީ ފެންވަރަށް ބަދަލުކުރަނީ

އައިޝަތު އިފާޝާ

logo

4/8/2024, 10:51:27 AM

# ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލް

ކުރިއަށް އޮތް ތިން އަހަރުތެރޭ ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރެވޭނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ވިދާޅުވެއްޖެއެވެ.

PNC MID 2

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުލްރައްޒާޤް ޙަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމަށް ބޮޑު ޕްލޭނެއް ރާވާފައިވާކަމަށެވެ.

އޭނާ ވިދާޅުވި ހުޅުމާލެ ހޮސްޕިޓަލަށް މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއަށް ޚިދުމަތްދިނުމަށް އެ ހޮސްޕިޓަލުގެ ވަސީލަތްތައް މަދުވުންކަމަށެވެ. އެކަން ހައްލުކުރުމަށް މިއަހަރުތެރޭގައި 4 އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތްކުރަން ފަށާނެކަމަށާއި، އަދި އެންއައިސީޔޫ އާއި އައިސީޔޫގެ ޚިދުމަތްވެސް މިއަހަރުތެރޭ ފަށާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

އިތުރުކުރެވޭ މިޚިދުމަތްތަކާއެކު، ހޮސްޕިޓަލުގެ ގޯތިތެރޭގައި އިތުރު 10 ބުރީގެ އިމާރާތެއް ޤާއިމް ކުރުމަށްޓަކާ، އެތަނުގެ ރިކުއަރމަންޓަސް ހަދާފައިވާކަމަށާއި، ފައިނޭންސް ހަމަޖެހުނުހާ އަވަހަކަށް އެމަސައްކަތް ފެށޭނެކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ. އެއިމާރާތުގައި 250 އެނދާއި ޕްރައިވެޓް ރޫމުތަކެއް ޤާއިމް ކުރުމަށް ޕްލޭންކޮށްފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބޭނުމަކީ، ބެޑް ކެޕޭސިޓީ އިތުރުކޮށް، ޚިދުމަތްތައް ފުޅާކޮށް އިތުރު ސްޕެޝަލިސްޓުން ގެނެސް، ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއަށް ފުރިހަމައަށް ޚިދުމަތް ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

" ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި އިމާރާތް ގާއިމް ކުރެވިއްޖެ ކަމުގައި ވަނީ ނަމަ، ހުޅުމާލެ ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރުގެ ޚިދުމަތް ދެވޭ ހޮސްޕިޓަލަކަށް ބަދަލު ވެގެންދާނެ" ސީއީއޯ ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުގައި ޑައެލެސިސް ހެދުމަށް އިތުރު 29 އެނދު އިތުރު ކުރުމުގެ މަސައްކަތް މިބަންދަށް ފަހު ފަށްޓަވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިއަހަރުގެ ދެވަނަ ކުއާޓަރގެ ކުރިން އޮޕަރޭޝަން ތިއޭޓަރާއި އައިސީޔޫ އާއި އެން އައިސީޔޫގެ މަސައްކަތް އެއްކޮށް ނިމި ޚިދުމަތްދެވޭނެކަން ވެސް ފާހަގަކުރެއްވިއެވެ.

އަލަށް ހަދާ އިމާރާތަށް މިހާރުހުރި އިމާރާތުގެ ބައެއް މަސައްކަތް ބަދަލުކުރެވުމުން، މިހާރުގެ އިމާރާތުގައި އަންހެނުންނަށް ދެވޭ ފަރުވާގެ ޚިދުމަތް ފުޅާކުރެވޭނެކަމަށްވެސް ޢަބްދުއްރައްޒާގު ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން މިހާރުވެސް ގިނަ ޚިދުމަތްތަކެއް އަންނަނީ ދެމުންނެވެ. އަދި ސިއްޙީ ދާއިރާ ތަރައްޤީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ދެއްވާ ޚާއްސަ އިސްކަމުގެ ތެރެއިން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައްވެސް އިތުރަށް ފުޅާކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC