logoEN
cocacola
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކުރަނީ

އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކުރަނީ

އައިޝަތު އިފާޝާ

logo

4/7/2024, 2:10:33 PM

# މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ

ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ގޮސިޔާ

ފިތުރު އީދު ފާހަގަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަން މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން އެ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ވެހިކަލް ދުއްވުން މަނާވާނެކަމަށް ކައުންސިލުން ބުނެއެވެ. އަދި އެކަމާއި ގުޅޭ އިތުރު ތަފްސީލް ފަހުން ހާމަކުރާނެކަމަށްވެސް ކައުންސިލުން ބުނެއެވެ.

ފިތުރު އީދު ދުވަހުގެ ހަވީރުގެ ވަގުތަކީ ހިނގާފައި އުޅޭ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މީގެކުރިންވެސް މިފަދަ މުނާސަބަތުތަކާއި ދިމާކޮށް ހިނގާފައި އުޅޭ ވަގުތުތައް މާލޭގައި ކަނޑައަޅާފައިވެއެވެ.

މިއަހަރުގެ ފިތުރު އީދު ކުލަގަދަކޮން ފާހަގަކުރުމަށް ސިޓީ ކައުންސިލުން ރާވާފައިވާ އެހެން ބައެއް ހަރަކާތްތަކުގެ ތެރޭގައި އީދު ނަމާދަށްފަހު އެކުވެނި ޓްރެކްގައި ބާއްވާ އީދު ސައި ހިމެނެއެވެ. އަދި މިހަރަކާތްތަކުގެ ތެރޭގައި ފެން ކުޅުމާއި ބޮޑުމަސް މާލި އީދު ޕެރޭޑްގެ އިތުރުން ސްޓޭޖް ޝޯވްއާއެކު ހަވާ އެރުވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ