
އަޅުގަނޑުގެ އެދުމަކީ މާލެސިޓީ ސާފުކޮށް ބޭއްވުމަށް އެންމެހާ ރައްޔިތުން ހިތްވަރުލާ މަސައްކަތް ކޮށްދިނުން - މޭޔަރު
# މާލެ ސިޓީ ކައުންސިލް# އާދަމް އާޒިމްމާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް
މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް އެންމެހާ ރައްޔިތުން ހިތްވަރުލާ މަސައްކަތް ކޮށްދިނުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވަނީ, ވިލިމާލެ ސިނާއި ސަރަހައްދު މާލޭގެ ސިނާއި ސަރަހައްދާ އެއްގޮތަށް ވަރަށް ބޮޑަށް ހަޑިވެފައިވާކަން ފާހަގަކުރައްވާފައެވެ.
އަދި މާލެ ސިޓީ ކައުންސިލުން އެތަން ސާފުކުރުމަށް ތައްޔާރުވަމުންދާކަން ހާމަކުރައްވާ އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނި މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް އެންމެހާ ރައްޔިތުން ހިތްވަރުލާ މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
މާލެ ސަރަހައްދުގެ އެކި ތަންތަނަށް ކުނި އަޅާ މައްސަލައިގައި މީގެ ކުރިންވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެފަދަ ކަންތައް ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެެވެ.
ގުޅުންހުރި

ގަލޮޅުގައި ތަރައްޤީ ކުރާ ޕާކިން ޒޯނާއި މައިޒާނުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

މާލޭގެ ޢިމާރާތްތަކުން މަގުތަކަށް ފެންފައިބާ މައްސަލަ ހައްލުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށައިފި

ވިލިމާލޭގައި "ވެލްކަމް ޕާކް" ގެ ނަމުގައި ޕާކެއް ތަރައްޤީކުރަނީ
