
ކުށަށް އަރައިގަންނަ ކުދިން ރިހިބިލިޓޭޓް ކުރަން ހާއްސަ ރަށެއް ތަރައްޤީކުރަނީ
# މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ# ހޯޕް އައިލެންޑް--
ކުށަށް އަރައިގަންން ކުދިން ރިހިބިލިޓޭޓްކުރަން ޙާއްސަ ރަށެއް ތަރައްގީކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އިހުސާން ވިދާޅުވީ، މިހާރު ޤާނޫނު އޮތްގޮތުން ކުށުގެ ވެށީގައި އުޅޭ ނުވަތަ ކުށަށް އަރައިގަންނަ ކުދިންނަށް ދޭންޖެހޭ ރިހެބިލިޓޭޝަން އަދި ސައިކޮލޯޖިކަލް ފަރުވާ މަރުކަޒުކޮށްގެން ދެވެނީ 15 އަހަރު ވީމަ ކޯޓު ހުކުމެއްގެ ދަށުން ކަމަށެވެ.
ނަމަވެސް ރާއްޖޭގައި ކުށުގެ ވެށީގައި އުޅޭ އަދި ކުށަށް އަރައިގަންނަ 12، 13 އަދި 14 އަހަރުގެ ކުދިން ނިސްބަތުން ގިނަ ކަމަށާއި، މީގެތެރެއިން ގިނަކުދިންނަކީ ހަރުދަނާ ބެލެހެޓުންތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްނުދެވޭ އާއިލާތަކުގެ ކުދިން. ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ އިހުސާން ވިދާޅުވީ، މިފަދަ ކުދިންނަށް މުޖުތަމައުގައި ބައިތިއްބައިގެން ނުވަތަ އާއިލާ ކައިރީގައި ބައިތިއްބައިގެން ރިހެބިލިޓޭޓްކުރުމަކީ އެހާ ކާމިޔާބުކޮށް ކުރެވޭކަމެއް ކަމަކަށް ތަފާސްހިސާބުތަކުން ނުދައްކާ ކަމަށެވެ.
"ނަތީޖާއަކީ މިފަދަކުދިންގެ ސަބަބުން މުޖުތަމަޢުއަށް ނުރައްކާވެ އެކުދިން ކުށްވެރިންނަށް ވެގެން ދިއުން. އަދި އެތަކެއް މައުސޫމު ކުދިންނާއި މުޅި މުޖުތަމަޢުއަށް މީގެ ނޭދެވޭ ގިނަ އަސަރުތަކެއް ކުރުން" - މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ މިސަރުކާރުގެ ވިސްނުމަކީ ޤާނޫނުގައި ބަޔާންކުރާ 15 އަހަރުގެ ލިމިޓް 12 އަހަރަށް ދަށް ކުރުން ކަމަށެވެ. މި ނިންމުމުގެ ސަބަބުން ކުއްޖަކު ކުށުގެ މާހައުލަށް ހުށެހެޅި ކުށްވެރިއަކަށް ނުވަނީސް އެކުއްޖާ ކޯޓުއަމުރެއްގެދަށުން މަރުކަޒަކަށް ގެންދެވި ރިހެބިލިޓޭޓް ކުރެވި މުޖުތަމަޢުއަށް ބޭނުންތެރި ޒުވާނަކަށް ހެދޭނެ ކަމަށް އިހުސާން ފާހަގަކުރެއްވި އެވެ.
"ހަމައެއާއެކު މިވަގުތު ކުށަށް އަރައިގަންނަ މި ދެންނެވި އުމުރުގެ ކުދިން ސަލާމަތް ކުރެވި، ހިތްވަރުގަދަ، ކެރޭ، ޤައުމަށް ފައިދާހުރި ޒުވާނުންނަށް ބަދަލުކުރެވޭނެ. މިކަން ކުރާނީ، ދީނީ ތައުލީމާއި ތަރުބިއްޔަތު، ފިޒިކަލް ފިޓްނެސް، ރަސްމީ ތަޢުލީމު، ކޮމްޕެޓިިޓިވް ސްޕޯރޓްސް، މަސައްކަތްތެރިކަން، ޤައުމިއްޔަތު، ޕާރސަނަލައިޒްޑް ސައިކޯސޯޝަލް އިންޓަރވެނޝަން، ލީޑަރޝިޕް އަދި ޓީމް ބިލްޑިންގ ހިމެނޭ ރެޖިމެންޓެޑް ސިސްޓަމެއްގެ ތެރެއިން. މީގެ ތެރެއިން ދިގުމުއްދަތަށް މަރުކަޒަށް ގެންދެވޭ ކުދިން 18 އަހަރުވުމުން ސިފައިންގެ އަދިި ފުލުހުންގެ މުއައްސަސާގެ ޚިދުމަތަށް 3 ނުވަތަ 5 އަހަރުގެ މުއްދަތަށް ނެރެވޭނެ." - މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.
ދިގުމުއްދަތަށް އަދި ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރުމަށްޓަކައި މިކަމަށް ޚާއްސަ ރަށެއް “ހޯޕް އައިލެންޑް” ކަނޑައަޅައިތަރައްގީކޮށް މިމައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މި ސަރުކާރުގެ ވިސްނުން ކަމަށް އިހުސާން ވިދާޅުވި އެވެ.
މިގޮތަށް ތަރައްގީކުރެވޭ މި ރަށުގައި ޗުއްޓީ ދުވަސްވަރު އެކުދިންގެ އާއިލާތަކަށް ޒިޔާރަތްކުރެވު އާއިލާއާއެކު ގުޅުން ބަދަހުކުރެވޭނެ ފެސިލިޓީތައް ގާއިމްކުރެވޭނެ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
ގުޅުންހުރި
-1779106417162.webp&w=3840&q=75)
ލީޑަރޝިޕް ޕްރޮގްރާމުގެ ސަބަބުން ޖޮއިންޓް އޮޕަރޭޝަންތައް ހިންގުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ - އިހްސާން

ހޯމް ޓީމް އެޑްވާންސްޑް ލީޑަރޝިޕް ޕްރޮގްރާމް 2 ނިންމާލައިފި

ދައުރު ނިމިގެންދާނީ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން އެންމެ ރަނގަޅަށް ކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނިގެން - އިހްސާން
-1778596307988.webp&w=3840&q=75)



