
ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހެއްގެ ބަންދަށް 15 ދުވަސް
# ކްރިމިނަލް ކޯޓު# މަސްތުވާތަކެތިކްރިމިނަލް ކޯޓު ---ގާފު ފޮޓޯ| އަހުމަދު ޝުރާއު
ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނައިޖީރީއާއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ފިރިހެނެކެވެ.
އަމުރުގައި ބުނެފައިވަނީ މި މީހާ މިވަގުތު އޮތީ ދޫނިދޫ ކަސްޓޯޑިއަލްގެ ކްލިނިކުގައި އެޑްމިޓުކޮށްފައި ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ފަސް ވަނަ މާއްދާއަށް ރިއާޔަތްކޮށް ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ފުލުހުން ވަނީ އޭނާ މަސްތުވާތަލެތި ދިރުވާލައިގެން ރާއްޖެ އައި ކަމަށް ބާރު ލިބިދޭ ހެކި ކޯޓަށް ހުށަހަޅާފައެވެ.
ކޯޓުން ވަނީ މި މީހާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ މި މީހާ ކޯޓަށް ހާޒިރުވެވޭނެ ގޮތް ވުމުން ވީ އެންމެ އަވަހަކަށް ކޯޓަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމަންޖެހޭނެ ކަމަށެވެ. އަދި މި މީހާ އެޑްމިޓު ކޮށްފައި އޮތް ކުލިނިކުން އޭނާ ދޫކޮށްލުމުން ގިނަެގެން 24 ގަޑިއިރުތެރޭ އޭނާގެ ބަންދާމެދު ގޮތެއް ކޯޓަށް ހާޒިރުކުރަން ޖެހޭނެ ކަމަށްވެސް އެއަމުރުގައި ބުނެފައިވެއެވެ.
ގުޅުންހުރި

ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި 83،450 ގްރާމުގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ:އިހްސާން

ރާއްޖެ އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި

.gif&w=3840&q=75)



