logoEN
PNC TOP 3
ޢީދު ފާހަގަކުރަން މުޅި ރާއްޖެ ދިއްލާލުމުގެ ބޮޑު ހަރަކާތުގެ ތައްޔާރީތައް ކުރިއަށް!

ޢީދު ފާހަގަކުރަން މުޅި ރާއްޖެ ދިއްލާލުމުގެ ބޮޑު ހަރަކާތުގެ ތައްޔާރީތައް ކުރިއަށް!

އަލްފާ އަލީ

logo

4/5/2024, 8:49:25 AM

# ފިތުރު އީދު# އީދު ދުވަސް

--

ޢީދު ފާހަގަކުރުމަށް ސިޓީތަކާއި އަތޮޅުވެރިކަންކުރާ ރަށްތައް ދިއްލައި ޒީނަތްތެރިކުރުމުގެ ބޮޑު ހަރަކާތް ހޯމަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

PNC MID 2

ރާއްޖޭގައި ޢީދު ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތް ވައުދުފުޅާއި އެއްގޮތައް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތައް ދިއްލުމުގެ މަސައްކަތް މި މިނިސްޓްރީ އާއި ކައުންސިލްތައް އަދި ސަރުކާރުގެ ބައެއް ކުންފުނިތައް ގުޅުގެން ދަނީ ކުރެވެމުންނެވެ.

މިހަރަކާތުގެ ތެރޭގައި އީދަށް ރަށްތައް ޒީނަތްތެރި ކުރުމުގައި އިސްލާމީވަންތަކަން ދައްކުވައިދޭ ލައިޓްތައް ހަރުކުރުމުގެ އިތުރުން ތަކްބީރުގެ އަޑު އިއްވުމަށް ރަށުތެރޭގައި ސްޕީކަރު ހަރުކުރުން ހިމެނެއެވެ. މިގޮތުން ރަށްރަށުގެ ބޮޑެތި މަގުތަކުގައި އީދަށް ހާއްސަ ކުލަބޮކި ލުމާއި މަގުމަތީގައި ގިޑިގެ ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބުނެފައިވާގޮތުގައި ގިނަ ރަށްރަށުގައި މަސައްކަތުގެ ބޮޑުބައި ވަނީ މިހާރު ނިމިފައެވެ. އަތޮޅު ތެރޭގައި މިމަސައްކަތުގައި ކައުންސިލުގެ އިތުރުން ފެނަކަ އާއި ސްޓެލްކޯގެ ބައިވެރި ވުމާއެކު ކުރިއަށް ދާއިރު ސިޓީތަކުގައި ސިޓީ ކައުންސިލު ތަކުން މިމަސައްކަތުގައި ވަރަށް ބޮޑު ދައުރެއް ދަނީ އަދާކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމް ވިދާޅުވީ މި ހަރަކާތް ހިންގާ ހުރިހާ ރަށްތައް އެއްފަހަރާ އެއްވަގުތެއްގައި ދިއްލާލުމުގެ ބޮޑު ހަރަކާތެއް ހޯމަ ދުވަހުގެ ތެރޭ އޮންނާނެކަމަށެވެ. މި ހަރަކާތް ފައްޓަވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC