logoEN
cocacola
ބަންޑާރަ މިސްކިތަށް ގެއްލުން ދިން މީހަކު ބަންދަށް

ބަންޑާރަ މިސްކިތަށް ގެއްލުން ދިން މީހަކު ބަންދަށް

އަލްފާ އަލީ

logo

4/4/2024, 8:50:31 AM

# ކްރިމިނަލް ކޯޓު

ބަންޑާރަ މިސްކިތް --

މާލެ ސިޓީ ބަންޑާރަ މިސްކިތަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ގޮސިޔާ

މާލޭގެ ބަންޑާރަ މިސްކިތުގެ ފާހާނާ އަށް ގެެއްލުން ދިން މައްސަލާގައި ހައްޔަރުކޮށްފައިވަނީ، އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

މި މައްސަލައިގެ ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި، އޭނާ ކުށްކުރިކަމަށް ތުހުމަތުކުރެވޭ ވަރަށް މި މައްސަލާގައި ވަނީ ހެކި ލިބިފައެވެ. އޭގެ ތެރޭގައި ކިތާބީ ހެކީގެ ގޮތުގައި ގެއްލުން ދީފައިވާ ތަކެތީގެ ފޮޓޯ ހުށަހަޅާފައިވާ ކަމަށް ވެސްއަމުރުގައިވެ އެވެ.

އެ މީހާ ބަންދުކުރަން ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތު ޙަބީބު ނިންމެވީ ހުރުމަތްތެރިވެގެންވާ ތަނަކަށް ގެއްލުން ދީފައިވާތީ އެވެ.

މި ރަމަޟާން މަހު މާލޭގެ މިސްކިތްތަކުން ވައްކަން ކުރުމާއި ގެއްލުން ދިނުމުގެ އެތައް މައްސަލައެއް ވަނީ ހުށަހެޅިފައެވެ. ބައެއް މައްސަލަތަކުގައި މީހުން ހައްޔަރުކޮށް ވަގަށް ނެގި ތަކެތިވެސް ފުލުހުން ވަނީ ހޯދާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ