
ފުރަތަމަ މަހު އެކަނިވެސް އެއާ އެމްބިއުލާންސްއިން 60 އަށްވުރެ ގިނަ ދަތުރު!
# މޯލްޑިވިއަން# އެއާ އެމްބިއުލާންސްއެއާ އެމްބިއުލާންސް - ސީޕްލޭން ---
ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރެވުނު އެއާއެމްބިއުލާންސްގައި ބަލިމީހުން އުފުލުމަށް 60އަށްވުރެ ގިނަ ދަތުރުކޮށްފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.

މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މި ހިދުމަތް ތައާރަފްކުރެއްވީ މާޗް މަހުގެ 1 ވަނަ ދުވަހު އެވެ. އަދި ފުރަތަމަ ފަށާފައިވަނީ ޑޭޝް-8 މަރުކާގެ ބޯޓަކާއެކުގައެވެ. ނަމަވެސް މާޗް 15 ވަނަ ދުވަހުން ފެށިގެން މި ހިދުމަތަށް ސީޕްލޭނެއްވެސް ވަނީ އިތުރުކޮށްފައެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ދެމުން އަންނަ މޯލްޑިވިއަން އިން ބުނީ، މި ހިދުމަތަށް އެއްމަސްދުވަސް ވެފައިވާއިރު، 66 އިވެކުއޭޝަން ހަދާފައިވާ ކަމަށެވެ.
ސިއްހީ ކުއްލި ހާލަތްތަކުގައި މީގެ ކުރިން ބަލިމީހުން އުފުލަމުން ދިޔައީ މޯލްޑިވިއަން ޝެޑިއުލް ފްލައިޓްތަކުގައެވެ. އެހެން ކަމުން އަވަހަށް ބަލިމީހުން މާލެ ފޮނުވުމަށް އަބަދުވެސް އޮންނަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައެވެ.
އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މި ސަރުކާރުން ވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފްކޮށްފައެވެ. މި ހިދުމަތް ދިނުމަށް ޕެރަމެޑިކުން ހިމެނޭހެން ޓީމެއްވެސް ވަނީ ތަމްރީންކޮށްފައެވެ. މި ހިދުމަތާއެކު އަވަސް ފަރުވާ ބޭނުންވާ މީހުން މާލެ ފޮނުވުމަށް ހޭދަވާ ވަގުތު މިހާރު ވަނީ ބޮޑުތަނުން އަވަސްވުމަށް މަގުފަހިވެފައެވެ.
ގުޅުންހުރި

މޯލްޑިވިއަނުން ޗައިނާގެ ޝެންޒެންއަށް ދަތުރުތައް ފަށައިފި: ފުރަތަމަ ފްލައިޓުގައި 146 ފަތުރުވެރިން!

މޯލްޑިވިއަންގެ ފުރަތަމަ އިންޖިނިއަރިން ސަރވިސް އިމާރާތް ހުޅުވައިފ: ޚާއްސަކުރީ މަރްހޫމް އަލީ ފިރާޤަށް!

މޯލްޑިވިއަންގެ ފްލީޓާއި އަލަށް ގުޅޭ އޭޓީއާރް ރާއްޖެ ގެނެސްފި
