logoEN
cocacola
ޓައިވާން ބިންހެލުން: 9 މީހަކު މަރުވެ 900 އަށްވުރެ ގިނަ މީހުން ޒަހަމްވެފައި!

ޓައިވާން ބިންހެލުން: 9 މީހަކު މަރުވެ 900 އަށްވުރެ ގިނަ މީހުން ޒަހަމްވެފައި!

އަހުމަދު ޝުރާއު

logo

4/3/2024, 7:18:59 PM

# ޓައިވާން

ޓައިވާން ބިންހެލުމުގައި އިމާރާތެއް އަރިއަޅާލާފައި

ޓައިވާނަށް އިއްޔެ ހެނދުނު އައި ބާރުގަދަ ބިންހެލުމުގެ ލިބުނު ގެއްލުންތަކުގައި 9 މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

ގޮސިޔާ

ޓައިވާންގެ ނޭޝަނަލް ފަޔަރ އެޖެންސީ (އެންއެފްއޭ) އިން ބުދަ ދުވަހު ނެރުނު އަޕްޑޭޓެއްގައި ބުނެފައިވަނީ މަރުވި މީހުންގެ އަދަދު ނުވައަކަށް އަރާފައިވާއިރު 934 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ނަމަވެސް ޒަހަމްވި މީހުންނަށް ލިބުނު އަނިޔާތަކުގެ ސީރިއަސްކަން އެންއެފްއޭއިން ހާމަކޮށްފައެއް ނުވެއެވެ.

ހުއާލިއަން ކައުންޓީގެ އެކި ޓަނަލްތަކުގައި ތާށިވެފައި ތިބި 75 މީހަކު އެމަޖެންސީރެސްޕޮންޑަރުން ވަނީ ސަލާމަތްކޮށްފަ އެވެ. އަދި މިހާތަނަށް 137 މީހުން ތާށިވެފައި އެބަތިބި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ތާށިވި މީހުންގެ ތެރޭގައި ހަތަރު މިނީ ބަހުގައި ދަތުރުކުރަމުން ދިޔަ ސިލްކްސް ޕްލޭސް ހޮޓެލް ޓަރޯކޯގެ 50 މުވައްޒަފުންވެސް ވެސް ހިމެނެ އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިޗަނީ ޓައިވާނުގެ ހުއާލިއަން ސިޓީގެ ދެކުނުން 18 ކިލޯމީޓަރު (11 މޭލު) އަދި 34.8 ކިލޯމީޓަރު (21 މޭލު) އަޑިން އެ ރަށުގެ އިރުމަތީ އައްސޭރިފަށުގެ ސަރަހައްދަަށެވެ.

ޔޫއެސްޖީއެސް އިން ބުނި ގޮތުގައި ފުރަތަމަ އައި ބިންހެލުމާ އެކު، ބިންހެލުމުގެ ބާރުމިނުގައި 4.0 މެގްނިޓިއުޑަށްވުރެ ބާރުމިނުގައި 29 އާފްޓާ ޝޮކް އައިސްފައިވެ އެވެ.

މި އާފްޓާޝޮކްތަކުގެ ތެރެއިން އެއް ބިންހެލުން 6.0 އިން މައްޗަށް ގޮސްފައިވާއިރު 13 ބިންހެލުމެއް އައިސްފައިވަނީ 5.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ މަތީގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ