-
ޕާކުކޮށްފައި ހުރި ސައިކަލެއްގައި އަޅުވާފައި އޮތް ހެލްމެޓެއް ވަގަށް ނެގި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ހެލްމެޓް ވަގަށް ނަގާ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލުން ދިޔަ ބަޔަކުވަނީ ޕާކުކޮށްފައި ހުރި ސައިކަލުގައި އަޅުވާފައި އޮތް ހެލްމެޓް ވަގަށް ނަގައިގެން ގޮސްފައެވެ.
މި ވީޑިއޯއާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ މައްސަލަ ތަހުގީގުކޮށް، އެކަން ކުރިކަމަށް ތުހުމުތުކުރެވޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
ފަހަކަށް އައިސް މުޅި ރާއްޖޭގައިވެސް ވައްކަމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ނިމިދިޔަ މާޗް މަހުގައިވެސް އެންމެ ގިނައި ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. މިގޮތުން ޖުމްލަ 321 މައްސަލައެއް ވަނީ ހުށަހެޅިފައެވެ.
ގުޅުންހުރި

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެމީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް!

ޕްރައިމް ގުދަނުގައި ރޯވުން: އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން!

ސްޕެޝަލް ކޮންސްޓަބުލަރީ އަސާސީ ތަމްރީނު ކޯސް 16 ފުލުހެއް ފުރިހަމަކޮށްފި

.gif&w=3840&q=75)



